ބޮމުގެ ހަމަލާއަށް ފަހު، ރާއްޖޭގެ ވަޒީރަކާއި ބައްދަލުވެއްޖެ- ނަޝީދު
- މާހިރު މުޙައްމަދު
- Aug 16, 2021
- 1 min read

ފޮރިން މިނިސްޓަރު ޝާހިދު، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދާއި ބައްދަލުކުރައްވައިފިއެވެ.
ރައީސް ނަޝީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެ މަނިކުފާނުގެ ރަޙްމަތްތެރިއެއް ކަމަށްވާ ފޮރިން މިނިސްޓަރު ޝާހިދާއި ބައްދަލުވެވަޑައިގަތުމުން ވަރަށް އުފާވެވަޑައިގެންނެވި ކަމަށާއި މިއީ ބޮމުގެ ހަމަލާއަށްފަހު، ރާއްޖޭގެ ވަޒީރަކާއި ބައްދަލުވި ފުރަތަމަ ފަހަރުކަން ވެސް އެ މަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.
ހުސްވި މެއިމަހުގެ 06 ވަނަ ދުވަހުގެ ރޭ ރައީސް ނަޝީދަށް އަމާޒުކޮށްގެން ދިން ބޮމުގެ ހަމަލާއާއި ގުޅިގެން ލިބިވަޑައިގެންނެވި އަނިޔާތަކަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ހޯއްދެވުމަށްފަހު، އިތުރު ފަރުވާ ހޯއްދެވުމަށް އެ މަނިކުފާނު ވަޑައިގަތީ ޖަރުމަނުވިލާތަށެވެ. އެ ޤައުމަށް ވަޑައިގެން އިތުރު ފަރުވާ ހޯއްދެވުމަށްފަހު، އެ މަނިކުފާނު މިހާރު ހުންނެވީ އިނގިރޭސިވިލާތުގައެވެ.








Comments