މިދިޔަ 3 އަހަރު ތެރޭ މިނިވަންކަން ގެއްލި، ދީނަށް ހަޖޫޖެހުން ބޮޑުވަރިހަމަ ކަމަކަށް
- ޙުސައިން އަޙުމަދު

- Nov 17, 2021
- 1 min read

ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުގެ ސަރުކާރަށް 3 އަހަރު ފުރުނު އިރު، ރާއްޖޭގެ މިނިވަންކަން ގެއްލި، ދީނަށް ފުރައްސާރަކުރުން ޢާންމުވެފައިވާ ކަމަށް އިދިކޮޅު ކޯލިޝަން ހިންގުމާއި ހަވާލުވެ ހުންނެވި ޢަބްދުއްރަޙީމް ވިދާޅުވެއްޖެއެވެ.
އަދުރޭ މިފަދައިން ވިދާޅުވެފައި މިވަނީ މިއަދަކީ އެމްޑީޕީ، ރައީސް ޟާލހުގެ ސަރުކާރަށް 3 އަހަރު ފުރުނު ދުވަހަށްވުމާއި ގުޅިގެންނެވެ.
އަދުރޭ، ރައީސް ޞާލިޙުގެ ސަރުކާރު ސިފަކުރައްވަނީ ”ނާގާބިލް“ ސަރުކާރެއްގެ ގޮތުގައެވެ.
މީގެ އިތުރުން ވެސް އަދުރޭ ފާހަގަކުރެއްވި ގޮތުގައި ރާއްޖޭގެ ރައީސްގެ މިނިވަންކަން މިއަދު ގެއްލިފައިވާ ފަދައިން ދީނަށް ފުރައްސާރަކުރުން ވެސް ޢާންމުވެ، ޤައުމު ދަރުވާލައިފައިވާ އިރު، ރައްޔިތުން ބިކަވެ ނިކަމެތިވެ، ޒުވާނުން މަގުމަތިވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ޢަބްދުއްރަޙީމް ވިދާޅުވި ގޮތުގައި ވައްކަންކުރުން ވެސް ވަނީ އިންތިހާއަށް ގޮސްފައެވެ. އަދި ރޭޕްކުރުމާ ޖިންސީ ގޯނާ ހައްދު ފަހަނައަޅައިފައިވާއިރު، ޝަރުޢީ ނިޒާމު ފުނޑާލައިފައިވާކަމަށް ވެސް އޭނާ ދެކެވަަޑައިގަންނަވައެވެ.








Comments