މިއަދު ހެނދުނު ކަރަންޓް ކެނޑިދާނެ- ސްޓެލްކޯ
- މާހިރު މުޙައްމަދު
- Oct 16, 2021
- 1 min read

ސްޓެލްކޯގެ ސިސްޓަމްތަކުގެ ޓެސްޓްް ހެނދުނު ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށް އެކުންފުނިން ބުނެފިއެވެ. މިޓެސްޓުތަކަކީ ޚިދުމަތް އިތުރަށް ފުރިހަމަކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ޓެސްޓްތަކެއްކަމަށް ސްޓެލްކޯއިން ބުނެއެވެ. މި ޓެސްޓްތައް ކުރިޔަށްދާ އިރު މިއަދު ހެނދުނު 7:00 އާއި 8:00 އާއި ދެމެދު މާލެއާއި ހުޅުމާލެއިން ކަރަންޓު ކެނޑުމަކީ އެކަށީގެންވާ ކަމެއްކަމަށްވެސް އެކުންފުނިން ބުނެއެވެ.
ދޭތެރެ ދޭތެރެއިން މާލެ އާއި ހުޅުމާލެއިން ކަރަންޓް ކަނޑައިގެން ދިޔުމުގެ މައްސަލަތައް އަންނަނީ ކުރިމަތިވަމުންނެވެ. އެގޮތުން އަންގާރަ ދުވަހުވެސް މާލެ އާއި ހުޅުމާލޭގެ އެކި ހިސާބުތަކުން ކަރަންޓް ކަނޑައިގެން ގޮސްފައިވެއެވެ.
މާލެ، ހުޅުލެ އަދި ހުޅުމާލޭގެ ކަރަންޓް އެއް ވިއުގައަކުން ގުޅާލުމަށް ކުރިޔަށްގެންދިޔަ މަޝްރޫއުގައި މިހާރު ވަނީ އެއް ވިއުގައަކުން މިތިން ސަރަހައްދު ގުޅާލާފައެވެ.








Comments