މި ވަގުތު ކަރަންޓީނުގައި ތިބި މީހުން ދޫކޮށްލަން އެޗްޕީއޭއިން ނިންމާފި
- Goal mv
- Jul 25, 2021
- 1 min read

މި މަހުގެ 23 ވަނަ ދުވަހުގެ ކުރިން ރާއްޖެއައި މީހުންނަށް ލުއިތަކެއް ދިނުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ނިންމައިފިއެވެ. އެޗްޕީއޭއިން ރޭ ނެރުނު އިއުލާނުގައި ވަނީ، ޑަބްލިއުއެޗްއޯ އިން އިމަރޖެންސީ ޔޫސްއަށް ލިސްޓްކޮށްފައިވާ ނުވަތަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއިން ބޭނުންކުރުމަށް ހުއްދަދީފައިވާ ކޯވިޑް-19ގެ ވެކްސިންގެ ޑޯޒްތައް ފުރިހަމަކޮށް، 14 ދުވަސް (ރާއްޖެ އަންނަ ދުވަހާ ހަމައަށް) ފުރިހަމަކޮށް ރާއްޖެ އައިސް 7 ދުވަހުގެ މުއްދަތަށް ކަރަންޓީނުގައި ތިބި މީހުން ކަރަންޓީނުން ދޫކޮށްލަން ނިންމާފައި ވާކަމަށެވެ. މިގެ އިތުރުން އެ ފަރާތްތަކާއެކުގައި ދަތުރުކޮށް ރާއްޖެއައިސްފައިވާ ވެކްސިން ނުޖެހޭ އުމުރުގެ ކުޑަކުދިން ވެސް ކަރަންޓީނުން ދޫކޮށްލަން ނިންމާފައި ވާކަމަށް އެޗްޕީއޭގެ އިއުލާނުގައިވެއެވެ. ރާއްޖެއަށް އެތެރެވިތާ 5-7 ދެމެދުގެ މުއްދަތު ހަމަވެފައިވާ ފަރާތްތައް ވަގުތުން ޕީސީއާރ ޓެސްޓު ހެދުމަށާއި ރާއްޖެއަށް އެތެރެވިތާ 5 ދުވަސް ފުރިހަމަނުވާ ފަރާތްތަކުން ރާއްޖެއަށް އެތެރެވިތާ 5-7 ދުވަހާ ދެމެދުގެ ތެރޭގައި ޕީސީއާރ ޓެސްޓު ހަދަން ޖެހޭނެ ކަމަށެވެ. މި ފަހަކަށް އައިސް ރާއްޖެއިން ކޯވީޑް ބަލީގެ ކޭސްތައް މަދުވެފައި ވާތީ އެޗްޕީއޭއިން އަންނަނީ، ގިނަ ފިޔަވަޅުތަކަކަށް ލުއި ދެމުންނެވެ.








Comments