https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

މި ރާއްޖެ ސަދޫމަށް ނުވަނީސް މުންކަރާތްތައް ހުއްޓުވައިދީ

  • މާހިރު މުޙައްމަދު
  • Jul 15, 2021
  • 1 min read

ދިވެހިރާއްޖެ ސަދޫމަށް ނުވަނީސް، ދިވެހި ލޮބުވެތި މުސްލިމު ރައްޔިތުން މުންކަރާތްތައް ހުއްޓުވަން މަސައްކަތްކުރުމަށް، އައްޝައިޚް ޙަސަން ފިކުރީ އިލްތިމާސް ކުރައްވައިފިއެވެ.


ރާއްޖޭގެ ހާލަތުގެ މައްޗަށް ނަޒަރު ހިންގަވައިލައްވަމުން ޝައިޚް ރޭ ވިދާޅުވީ އެއް ޖިންސުން ގުޅުން ހިންގުމާއި، ފާހިޝް ޢަމަލުތަކާއި މުންކަރާތްތައް މަނާކުރެވެންޖެހޭ ކަމަށާާާާއި އެ ކަންކަމާމެދު ދިވެހި ލޮބުވެތި މުސްލިމު ރައްޔިތުން ހޭލުންތެރިވާން ޖެހޭކަން ވެސް ފާހަގަކުރެއްވިއެވެ.


”ރާއްޖެ ސަދޫމްފަދަ ތަނަކަށް ބަދަލުނުވަނީސް، އެއް ޖިންސުން ގުޅުން ހިންގުމާއި، ފާހިޝް ޢަމަލުތަކާއި މުންކަރާތްތައް ހުއްޓުވަން މަސައްކަތްކޮށް، އެ ކަންކަމާމެދު ދިވެހި ލޮބުވެތި މުސްލިމު ރައްޔިތުން ހޭލުންތެރިވާން އެބަޖެހޭ“ ޝައިޚް އިލްތިމާސް ކުރެއްވިއެވެ.


މަތިވެރި ރައްބުގެ ރަސޫލާ ލޫތު ޢަލައިހިއްސަލާމް ފޮނުއްވީ ސަދޫމު ބާގައިގެ އަހުލުވެރިންގެ ގާތަށެވެ. އެ ޤައުމުގެ މީހުންނަކީ އޭގެ ކުރިން ދުނިޔޭގައި ކޮށްފައިނުވާ ޒާތުގެ ނުބައި ފާހިޝް ޢަމަލުތައް ކުރި ބައެކެވެ. އެ ގޮތުން ފާޅުގަައި އެއް ޖިންސުން ގުޅުން ހިންގަމުން ދިޔައެވެ. އެއާއެކު މާތް ރައްބު އެ ރަށުގެ އަހުލުވެރިންނަށް ގަދަފަދަވެގެންވާ އަޒާބުދެއްވައި ރަށް ބަންޑުން ޖައްސަވައިލެއްވިއެވެ.



 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page