https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

މި މަހުގެ 15 އިން ފެށިގެން ވިސާއާއި ނުލައި ދިވެހިންނަށް އިންޑިއާއަށް ދަތުރުކުރެވޭނެ

  • މާހިރު މުޙައްމަދު
  • Oct 11, 2021
  • 1 min read

ވިސާއާއި ނެތި ދިވެހިންނަށް އިންޑިއާއަށް ދަތުރުކުރެވޭ ގޮތް ހަމަޖައްސާފައިވާކަމަށް ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން ބުނެފިއެވެ.


ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން ބުނީ މި މަހުގެ 15 އިން ފެށިގެން ވިސާއާއި ނުލައި ދިވެހިންނަށް އިންޑިއާއަށް ދަތުރުކުރެވޭނެ ކަމަށެވެ. އެ ގޮތުން ބޭސް ފަރުވާއަށާއި، ވިޔަފާރީގެ ކަންކަމާއި، ފަތުރުވެރިންގެ ގޮތުގައި ވިސާއާއި ނުލައި އެ ޤައުމަށް ދެވޭނެއެވެ. މި ނިންމުމާއެކު ރާއްޖެ ވެގެންދާނީ ކޮވިޑުގެ ފިޔަވަޅުތަކަށްފަހު ވިސާއާއި ނުލައި އިންޑިއާއަށް ދަތުރުކުރެވޭ ފުރަތަމަ ޤައުމަށެވެ. އިންޑިއާގެ ބޯޑަރު ބަންދުކޮށްފައި އޮތުމުން ދިވެހިންނަށް ވިސާދެމުން އަންނަނީ އިންޑިއާ ސަރުކާރުން ހަމަޖައްސާފައިވާ ޚާއްސަ އުސޫލެއްގެ ދަށުންނެވެ. ވިސާއާއި ނުލައި ދިވެހިންނަށް އިންޑިއާއަށް ދަތުރުކުރެވޭ ގޮތް ހަމަޖައްސާފައި މިވަނީ، ވިސާގެ މައްސަލައަށް ހައްލެއް ހޯދުމަށް އިންޑިއާ ސަރުކާރާއެކު ވާހަކަދައްކަވަމުން ގެންދަވާކަމަށާއި، ވަރަށް އަވަހަށް އެކަމަށް ހައްލެއް ލިބިގެންދާނެކަން ޔަޤީންކުރައްވާކަމަށް ފޮރިން މިނިސްޓަރު ޝާހިދު ވިދާޅުވެފައި ވަނިކޮށެވެ.

 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page