https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

މި މަހު ބަންގަލަދޭޝްގެ އެންމެ ބޮޑު އެއާލައިނުން "ޔޫއެސް-ބަންގްލާ"ގެ ދަތުރުތައް ރާއްޖެއަށް

  • މާހިރު މުޙައްމަދު
  • Nov 15, 2021
  • 1 min read


ބަންގްލަދޭޝްގެ އަމިއްލަ އެންމެ ބޮޑު އެއާލައިން ކަމަށްވާ ޔޫއެސް-ބަންގްލާގެ ރަސްމީ ދަތުރުތައް ރާއްޖައަށް ފެށަން ނިންމައިފިއެވެ. ޔޫއެސް-ބަންގްލާ އެއާލައިންގެ ސީދާ ދަތުރުތައް ކުރުމަށް ހަމަޖެހިފައި ވަނީ ބަންގަލަދޭޝްގެ ވެރި ރަށް ޑާކާ އާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާ ދެމެދުއެވެ. މި މަހުގެ މެދު 19 ވަނަ ދުވަހު ދަތުރުތައް ފެށުމަށް ނިންމާފައިވާ އިރު، ކޮންމެ ހަފުތާއަކު 4 ދަތުރު ކުރުމަށް ހަމަޖެހިފައެވެ.


ޔޫއެސް-ބަންގްލާ އެއާލައިނުން ރާއްޖެއާ ދެމެދު ދަތުރު ކުރުމަށް ބޭނުން ކުރާނީ ބޯއިން 737-800 މަރުކާގެ 164 މީހުންގެ ޖާގައިގެ ބޯޓެވެ. ޔޫއެސް-ބަންގްލާ އެއާލައިނުން ސްރީ ލަންކާ އާއި ސައޫދީ އަށް ވެސް ދަތުރުތައް ފަށަން އަންނަނީ ތައްޔާރުވަމުންނެވެ. މިހާރު އެ އެއާލައިނުން ދަތުރުތައް ކުރަމުން އަންނަނީ ޑުބާއީ އާއި އޮމާންގެ ވެރިރަށް މުސްކަޓުގެ އިތުރުން ދޯހާ އާއި ކުއަލަ ލަމްޕޫރް އާއި ސިންގަޕޫރު އާއި ޗެންނާއީގެ އިތުރުން ޗައިނާއަށެވެ. ޔޫއެސް-ބަންގްލާ އެއާލައިންގައި ޖުމުލަ 14 މަތިންދާ ބޯޓު އޮވެއެވެ. މީގެ ތެރޭގައި އޭޓީއާރު 72-600އެސް މަރުކާގެ 4 ބޯޓަކީ މުޅިން އަލަށް އެކުންފުނިން ގެނެފައިވާ ބޯޓުތަކެއްކަން ފާހަގަކުރަމެވެ.

 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page