މެންބަރު ޖާބިރަށް ލޮޓަސް ފިހާރައިން ޖޯކު ޖަހައިފި
- ޙުސައިން އަޙުމަދު

- Aug 8, 2021
- 1 min read

ޑީއާރްޕީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެންބަރަށް ލޮޓަސް ފިހާރައިން ޖޯކު ޖަހައިފިއެވެ.
ލޮޓަސް ފިހާރައިން ވަނީ، ޖާބިރު މަޖިލީހުގެ ދޮރުމަތީގައި އޮށޯވެވަޑައިގެން އޮންނެވި ގޮތާއި އެއްގޮތް އިޝްތިހާރެއް ތައްޔާރުކޮށްފައެވެ. ލޮޓަސްގެ އިސްތިހާރުން ފެންނަނީ ޝަވަރޖެލް ފުޅިއެއް މަޖިލީހުގެ ދޮރުމަތީގައި ޖާބިރު އޮތް ގޮތަށް އޮންނަ މަންޒަރެވެ.
”ކީއްކުރަންހޭ މަޖިލިސް ގޭ ދޮށަށް ގޮސް ތި އޮތީ. އޮންނާނެ އެހެން ތަނެއް ނެތީހޭ.“ އިޝްތިހާރުގެ ފޮޓޯ ހިއްސާކުރައްވައި ފޭސްބުކްގައި ލިއުއްވާފައިވެއެވެ.

މި މަހުގެ 03 ވަނަ ދުވަހުގައި މަޖިލީހުގެ ދޮރުމަތީގައި އިށީނދެވަޑައިގެންނާއި އޮށޯވެ އޮންނަވައި އެ ގޮތަށް ޖާބިރު ވަނީ އަޑުއުފުއްލަވައިފައެވެ.








Comments