https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

މީހުންނާއެކު ދަތުރުކުރި ސަފާރީއެއް ދިޔަވެއްޖެ

  • މާހިރު މުޙައްމަދު
  • Aug 12, 2021
  • 1 min read

21 ފަރުރުވެރިންނާއި 10 ފަޅުވެރިންނާއެކު ދަތުރުކުރި ސަފާރީއެއް ދިޔަވެގެން ސަލާމަތީ ބާރުތަކުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.


މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ވިދާޅުވީ، ދިޔަވެފައިވަނީ "އޮނަރސް ލެގަސީ" ނަމަކަށް ކިޔާ ސަފާރީއެއް ކަމަށެވެ. "އދ. ދަނގެއްޗާއި 6.7 ނޯޓިކަލް މޭލު ބޭރުން ދަތުރުކުރަމުންދިޔަ މި ސަފާރީ ދިޔަވާތީ، އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން ވަނީ އެހީތެރިކަން ފޯރުކޮށްދީފައި." އެމްއެެންޑީއެފްއިން ވިދާޅުވިއެވެ.


ސީއެމްބިއުލާންސާއި، މަހިބަދޫގެ އެހީތެރިކަމާއެކު މި ސަފާރީ ރޭ މެންދަމު 02:10 ހާއިރު އދ.ދިގުރަށަށް ގެންގޮސްފައިވާކަމަށް އެމްއެންޑީއެފްއިން ވިދާޅުވިއެވެ. ރާއްޖޭގެ މޫސުން ގޯސްވެ ކަނޑުމަތީގެ ހާދިސާތައް ހިނގާ މިންވަރު ވަނީ އިތުރުވާން ފަށާފައެވެ. މޫސުމަށް ސަމާލުވެގެން ސަތުރުފަތުރުކުރުމަށް ސަލާމަތީ ބާރުތަކުން އިލްތިމާސްކުރައްވައެވެ.

 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page