https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

މީހަކު މަރުވުމުން ދުވާފަރުގައި މުޒާހަރާ ކުރަންފަށައިފި

  • މާހިރު މުޙައްމަދު
  • Jul 29, 2021
  • 1 min read

ރ. ދުވާފަރުގައި މުޒާހަރާ ކުރަން ފަށައިފިއެވެ.


ދުވާފަރުގައި މުޒާހަރާ ކުރަން ފަށައިފަަަަަައި ވަނީ މިއަދު އެ ރަށުން ކޯވިޑް ޖެހިގެން އުމުރުން ދުވަސްވީ ހައިރިސްކު އަންހެނެކުު މަރުވުމުންނެވެ.


މިއަދު މަރުވި މީހާ ކޯވިޑުގެ އަލާމާތްތައް ފެންނަތާ 4 ދުވަސް ވެފައިވާ ކަމަށާާާއި ނަމަވެސް އެ ބަލި މީހާ އާ މެދު އެކަށީގެންވާ ގޮތެއްގައި ފިޔަވަޅު އަޅާލެވިފައިނުވާ ކަމުގެ މަޢުލޫމާތު ލިބެއެވެ.



މިއީ ކޯވިޑު ބަލީގައި އެ ރަށުން ނިޔާވި 4 ވަނަ މީހާއެވެ.


ދުވާފަރުގެެ ބައެއް ރައްޔިތުން ތުހުމަތު ކުރާގޮތުގައި އެ އަންހެން މީހާ މަރުވީ ކަމާބެހޭ ފަރާތްތަކުގެ އިހުމާލުންނެވެ.


"ނޭވާ ހާސްވެގެން އެ އަންހެން މީހާ މަރުވީ މިރޭ. އޭގެ ކުރިން ސިއްހީ މަރުކަޒަށް ގެންދިޔައީ މިރޭ ހަގަޑި ބައި އެހާކަށް ހާއިރު. ގެންގޮސް އޭނައަކީ ހައި ރިސްކު މީހަކަށް ވާއިރު ވަރަށް ބޮޑަށް ސީރިއަސްވެފަ އޮތް ހާލަތުގައި އޮއްވާ ސީ އެމްބިއުލާންސް އެއްގޮތަކަށްވެސް ނުގެނެވުން. މިއަންނަނީ މިއަންނަނީ ކަމަށް ބުނަމުންދަނުކޮށް ފުރާނަ ދިޔައީ،" އާންމު ރައްޔިތްކު ވިދާޅުވިއެވެ.


"ސީއެމްބިއުލާންސް އަށް ދިހަ ބާރަ ފަހަރު ގުޅި ނަމަވެސް އާދެވިފައެއް ނުވޭ. މިދަނީ މިދަނީ މިދަނީ ކިއީ. މިކަހަލަ ގޮތަކަށް ސީއެމްބިއުލާންސް ނައިސް ވަގުތުތައް ދިގުދެމިގެން ދިޔައީ."


ރ.ތޮޅުގައި ކޯވިޑުގެ ހާލަތު އެންމެ ގޯސް ރަށަކަށް ދުވާފަރު ވާއިރު ސީއެމްބިއުލާންސްއަށް ނާދެވި ބަލި މީހާއަށް އެކަށިގެންވާ ފަރުވާ ނުލިބި މަރުވެގެން ދިޔުމަކީ ސަރުކާރުގެ ހުރިހާ އިދާރާތަައް ފެއިލް ވެފައިވާކަން އަންގައިދޭ ކަމެއްކަމަށް ދުވާފަރުގެ ރައްޔިތުން ކުރަމުން އަންނަ މުޒާހަރާގައި ވަނީ ގޮވާފައިވެއެވެ.

 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page