މީހަކު މަރާލައިފައި ވަޅަކަށް ވައްޓާލައިފައި އޮއްވާ ފެނިއްޖެ
- މާހިރު މުޙައްމަދު
- Oct 14, 2021
- 1 min read

އދ.ދަނގެތީގައި މީހަކު މަރާލައިފައި ވަޅަކަށް ވައްޓާލައިފައި އޮއްވާ މިއަދު ފެނިއްޖެއެވެ.
މަރާލައިފައި ވަޅަކަށް ވައްޓާލައިފައި އޮއްވާ މިއަދު ފެނުނީ އެ ރަށުގެ ވިޔަފާރިވެރިއެއްކަމަށްވާ ބިލެތްގޭ ޢުމުރުން 57 އަހަރުގެ މަޙްމޫދު އަބޫބަކުރެވެ. އޭނާ މަރާލައިފައި އޮއްވާ ފެނުނީ ފަޅު ގެއެއްގެތެރޭގައި ހުރި ވަޅަކަށް އެއްލާލައިފައި އޮއްވައެވެ. މަޙްމޫދުގެ ހަށިގަނޑު ފެނުނީ، ރެއިން ފެށިގެން އޭނާއަށް ވީނުވީއެއް ނޭނގިގެން ހޯދަމުން އަންނަނިކޮށެވެ. މި މައްސަލައާއި ގުޅިގެން ފުލުހުން ބުނީ ދަނގެތީގައި ގޯންޏަކަށްލައި އެއްލާލައިފައި އޮތް މީހަކު ފެނިފައިވާކަމަށް ރިޕޯޓުކޮށްފައިވާ ކަމަށާއި، އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.








Comments