މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމް ކޮށްލައިފި
- މާހިރު މުޙައްމަދު
- Jun 25, 2021
- 1 min read

ހއ. ހޯރަފުށީގައި ހިނގި ހަމަނުޖެހުމެއްގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފިއެވެ.
ފުލުހުންގެ އިދާރާއިން ބުނީ، ހޯރަފުށީގައި އިއްޔެ މެންދުރު 14:15 ހާއިރު ހިނގި މާރާމާރީއަކާއި ގުޅިގެން އުމުރުން 43 އަހަރުގެ ދިވެހި ފިރިހެނެއް ރޭ 20:15 ހާއިރު ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކޮށްފައި ވާ ކަމަށާއި އެ މީހާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 15 ދުވަސް ބަންދައް ދީފައި ވާކަމަށެވެ.
ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.
ތޫނު ހަތިޔާރު ބޭނުން ކޮށްގެން ރާއްޖޭގައި ހިންގާ މާރާމާރީ ތަކުގެ އަދަދު މި ފަހަކަށް އައިސް ވަނީ ވަރަށް މަދުވެފައެވެ.








Comments