މީހަކަށް ހަމަލާދީ، ލޯމަތި ފަޅައިލައިފި
- މާހިރު މުޙައްމަދު
- Sep 6, 2021
- 1 min read

އައްޑޫ ސިޓީ ހުޅުދޫގައި މީހަކަށް ހަމަލާދީ ޒަޚަމްކޮށްލައިފިއެވެ.
ހުޅުދޫގައި އިއްޔެ މެންދުރު މާރާމާރީ ހިންގި މީހާ ހަމަލާދިނީ، އެ ރަށުގެ ފޮޓޯ ކޮޕީ ނަގައިދޭ ތަނެއްގައި އިން ފިރިހެނަކަށެވެ. އައްޑޫ ލައިވްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި ފޮޓޯ ކޮޕީ ނަގައިދޭ ތަނެއްގައި އިން ފިރިހެނަކަށް ހަމަލާދީ، އޭނާގެ ލޯމަތި ވަނީ ފަޅައިލާފައެވެ. އެ ގޮތުން ހުޅުމީދޫ ހެލްތު ސެންޓަރުން ފަރުވާ ދިނުމަށްފަހު، އިތުރު ފަރުވާއަށް ހިތަދުއަށް ގެންގޮސްފައިވާ ކަމަށެވެ. ހަމަލާދިން މީހާ މިއަދު މެންދުރު ވަނީ ހައްޔަރުކޮށްފައެވެ. މި މާރާމާރީއާއި ގުޅިގެން ފުލުހުންގެ ބަހެއް އަދި ނުލިބެއެެވެ.








Comments