މީދޫ ވަލުތެރޭގައި އަލިފާން ރޯވެއްޖެ
- މާހިރު މުޙައްމަދު
- Aug 23, 2021
- 1 min read

އައްޑޫ ސިޓީ މީދޫ ގަބުރުސްތާނުގެ ވަލުތެރޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
އެމްއެންޑީއެފުން ބުނީ، މީދޫ ގަބުރުސްތާނުގެ ވަލުތެރޭގައި އަލިފާނުގެ ހާދިސާއެއް ހިނގުމުން، އެމްއެންޑީއެފްގެ ސަދަން އޭރިއާ ހުޅުމީދޫ ފަޔަރ ސްޓޭޝަނުން ހަރަކާތްތެރިވެ، އަލިފާން ނިއްވާލައިފައިވާ ކަމަށެވެ.
މި ހާދިސާގެ މަޢުލޫމާތު ލިބުނީ ރޭ 19:08 ހާއިރު ކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއެެވެ. ނަމަވެސް މި ހާދިސާ ހިނގަން މެދުވެރިވި ސަަބަބެއް އެމްއެންޑީއެފްއިން ހާމައެއްނުކުރެއެވެ.








Comments