އެމްޑީޕީ މީހުން ޤުރުއާނުގައިވާ ޙުކުމްތަކަށް ގޮންޖެހި މައްސަލަތައް ބެލިއްޔާ މާ ތާހިރުވާނެ- ޒައިދު
- ޙުސައިން އަޙުމަދު

- Jul 3, 2021
- 1 min read

އެމްޑީޕީއަށް ނިސްބަތްވާ ބައެއް މީހުން ކީރިތި ޤުރުއާނުގައިވާ ޙުކުމްތަކަށް ގޮންޖަހައިފައިވާ ކަމަށާއި، އެކަން ބަލައި ހުއްޓުވާން އުޅުން މާ އައުލާވެގެންވާ ކަމަށް ވިދާޅުވެ، އައްޝައިޚް ޢަލީ ޒައިދު، އެމްޑީޕީއަށް ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.
ޒައިދު ރައްދުދެއްވީ،ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ބައެއް ދަރިވަރުން ހަރުކަށި ފިކުރަށް ތާއީދުކުރާކަމަށް އެމްޑީޕީގެ މެއި 06 ކޮމިޓީން ތުހުމަތުކުރުމުންނެވެ. ކޮމިޓީން ރޭ ބޭއްވި ބައްދަލުވުމުގައި ކޮމިޓީގެ މުޤައްރިރު ވިލިފުށީ ދާއިރާގެ މެންބަރު ޙަސަން ޢަފީފް ވިދާޅުވީ ޖޫން މަހުގެ 27 ވަނަ ދުވަހުގައި ހިއުމަން ރައިޓްސް ކޮމިޝަނާއެކު ބައްދަލުވުމެއް ބާއްވައި މަޝްވަރާާކޮށްފައިވާ ކަމަށާއި، އެ ގޮތުން ޔުނިވަރސިޓީގެ ބައެއް ދަރިވަރުން ފަހަކަށް އައިސް ހަރުކަށި ފިކުރަށް ތާއީދުކުރަމުންދާކަން ފާހަގަކުރެވޭތީ އެކަމުގެ ކަންބޮޑުވުން ކޮމިޝަނާއި ހިއްސާކުރި ކަމަށެވެ.
މި ވާހަކައާއި ގުޅިގެން ޒައިދު ވިދާޅުވީ ސިޔާސީ މަންފާއަށްޓަކައި ދައްކަންވާވަރުގެ ވާހަކައާއި، ނުދައްކަންވާވަރުގެ ވާހަކަތައް ވެސް ހުންނާނެ ކަމަށެވެ.
”މި ހުންނަނީ ދެރަވަރުގެ ވާހަކަތައް. ކީރިތި ޤުރުއާނުގައިވާ ބައެއް ޙުކުމްތަކަށް ތިޔަ ޕާޓީއަށް ނިސްބަތްވާ ބައެއް މީހުން ގޮންޖަހައިފައި އެބަހުރި. އެކަންކަން ބަލައި, ހުއްޓުވަން އުޅުން މާ އައުލާ.“ ޔުނިވަރސިޓީގެ ލެކްޗަރަރ ޒައިދު ވިދާޅުވިއެވެ. ޢަފީފުގެ ވާހަކަތައް ދޮގުކުރައްވައި ޑރ.މުޙައްމަދު އިޔާޟް ވަނީ ހަރުކަށި ފިކުރު މާނަކުރައްވަނީ ކިހިނެެއްތޯ ޢަފީފާއި ސުވާލުކުރައްވައިފައެވެ. ”އަޅުގަނޑު 6.5 އަހަރު ޔުނިވަރސިޓީގައި ހޭދަކުރިން. ތިޔަކަހަލަ ދަރިވަރަކާއި ބައްދަލެއްނުވޭ.“ ޔުނިވަރސިޓީގެ އެސިސްޓެންޓު ޕްރޮފެސަރުކަމުން ވަކިކޮށްފައިވާ އިޔާޟް ވިދާޅުވިއެވެ.








Comments