އެމްޑީޕީއަށް އޮތް އިތުބާރު ދަމަހައްޓަން ޖެހޭ- އީވައްޓެ
- މާހިރު މުޙައްމަދު
- Jun 26, 2021
- 1 min read

އެމްޑީޕީއަށް އޮތް އިތުބާރު ނަގަހައްޓައި ދަމަހައްޓަން ޖެހޭކަމަށް، ރައްޔިތުން މަޖިލީހުގެ ނައިބު ރައީސް އީވާ މިއަދު ވިދާޅުވެއްޖެއެވެ.
މިއަދަކީ އެމްޑީޕީއަށް 16 އަހަރު ފުރޭ ދުވަހެވެ. އެމްޑީޕީގެ އަހަރީ ދުވަހުގެ މުނާަަސަބަތުގައި އީވާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، އެމްޑީޕީ ފުރާވަރަށް އެރިއިރު ހާސިލުކޮށްފައިވާ ގިނަގުނަ ކާމިޔާބީތަކާއި، ކުރި ހިތި އަދި ފޮނި ތަޖުރިބާތަކާއި، މެންބަރުން ދައްކަމުން އައި ހިތްވަރު އާދަޔާޚިލާފު ކަންކަން ކަމަށެވެ.
އެ ގޮތުން އެމްޑީޕީއަށް އިތުރު ކާމިޔާބާއި، ކުރިއެރުމަށްޓަކައި ޕާޓީއަށް އޮތް އިތުބާރު ނަގަހައްޓައި ދަމަހައްޓަން ޖެހޭކަން އީވާ ފާހަގަކުރެއްވިއެވެ.
އެމްޑީޕީއަށް 16 އަހަރު ފުރިގެންދާ ހިނދު އެ ޕާޓީގެ އެތެރޭގެ މަސްރަހު ގޯސްވެ، ވަނީ އަރައިރުންވުން އުފެދިފައެވެ. ޕާޓީގެ އިސް ބޭފުޅުން ޤަބޫލުކުރައްވާ ގޮތުގައި ޕާޓީ މިހާާރު އޮތީ ދެބައިވެފައެވެ.








Comments