https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

މޭޔަރުކަމަށް ވާދަކުރި އަނަސް މިނިސްޓަރުކަށް އައްޔަނުކޮށްފި

  • Writer: ޙުސައިން އަޙުމަދު
    ޙުސައިން އަޙުމަދު
  • Aug 10, 2021
  • 1 min read

.ބަޑިކުޅިމާގެ، އަލްއުސްތާޒު އަނަސް ޢަބްދުއްސައްތާރު، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފިނޭންސްގެ މަޤާމަށް ޢައްޔަން ކުރައްވައިފިއެވެ.


ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފިނޭންސްގެ މަޤާމަށް އަނަސް ޢަބްދުއްސައްތާރު ޢައްޔަން ކުރެއްވީ، މިއަދު މެންދުރުފަހު ރައީސް އޮފީހުގައި އެކަމަށްޓަކައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.


އެ ރަސްމިއްޔާތުގައި ރައީސް ޞާލިޙް ވަނީ އަނަސްއަށް ސްޓޭޓް މިނިސްޓަރކަމުގެ ލިޔުން ހަވާލުކުރައްވާފައެވެ.


ޕާކިސްތާނުގެ އިންޓްނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އިން ބެޗަލަރ އޮފް ލޯސް އެލްއެލްބީ (އޮނާރސް) ޝަރީޢާ އެންޑް ލޯ ހާސިލްކުރައްވައިގެން ހުންނެވި އަނަސް، މި މަޤާމަށް ޢައްޔަނުކުރެއްވުމުގެ ކުރިން އަދާކުރައްވާފައިވަނީ ވަކާލާތު ޗޭންބާރސްގެ މެނޭޖިންގް ޕާރޓްނަރގެ މަޤާމެވެ. އަނަސް ވަނީ 2015 ވަނަ އަހަރުން ފެށިގެން 2020 ވަނަ އަހަރަށް އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމު ވެސް ފުރުއްވާފައެވެ.


ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން މާލޭގެ މޭޔަރުކަމަށް ވެސް އަނަސް ވާދަކުރެއްވިއެވެ. ނަމަ ވެސް އެ އިންތިޚާބުގައި އެނާ ބަލިވެފައެވެ.

 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page