https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

މައުމޫނު ވެސް ނަފުރަތުގެ ބިލަށް ތާއީދުނުކުރާކަން ހާމަކޮށްފި

  • މާހިރު މުޙައްމަދު
  • Jul 4, 2021
  • 1 min read


ނަފުރަތުގެ ޢަމަލުތަކުގެ ގޮތުގައި ޤާނޫނުލްޢުޤޫބާތަށް މާއްދާތަކެއް އިތުރުކުރުމަށްޓަކައި ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލަށް ތާއީދުނުކުރާކަން މޯލްޑިވްސް ރިފޯމް މޫވްމަންޓް(އެމްއާރްއެމް) އިން ހާމަކޮށްފިއެވެ.


ސަރުކާރު ކޯލިޝަނުގައި ހިމެނިވަޑައިގަންނަވާ އެއް ބައިވެރިޔާ ކުރީގެ ރައީސް އަލްއުސްތާޒު މައުމޫނު ޢަބްދުލްޤައްޔޫމުގެ އެމްއާރްއެމްއިން ނަފުރަތުގެ ބިލަށް ތާއީދުނުކުރާކަން ހާމަކުރީ، އެ ޕާޓީން މިއަދު ކުރި ޓުވީޓެއްގައެވެ.


އެ ޓުވީޓުގައި ވަނީ، ނަފުރަތުގެ ޢަމަލަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށްޓަކައި، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތަށް މިހާރު ހުށަހަޅާފައިވާ އިސްލާހުތަކަށް ތާއީދުނުކުރެވޭ ކަމަށް އެމްއާރްއެމް އެކްސްކޯގެ މި އަހަރުގެ 08 ވަނަ ބައްދަލުވުމުގައި ނިންމާފައިވާ ކަމަށެވެ.


”އެ ބިލުގައި ހުރި ކަންބޮޑުވުންތައް ސަރުކާރާއި ހިއްސާ ކުރުމަށް ވެސް ވަނީ ނިންމާފައި.“ އެމްއާރްއެމްގެ ޓުވީޓުގައިވެއެވެ. އެމްއާރްއެމްއިން ނަފުރަތުގެ ބިލަށް ތާއީދުނުކުރާކަން ހާމަކުރިއިރު، ބިލުގެ މަސައްކަތްތައް ނިންމައިލައި މަޖިލީހުގެ ތަޅުމަށް ފޮނުވަން ވަނީ ފާސްކޮށްފައެވެ.

 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page