https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

މަރު ކޮމިޝަނުން ”ހޮޅި ވާހަަކަ“ ދައްކަނީ ޒިންމާއިން ރެކެން- އާސިފް

  • މާހިރު މުޙައްމަދު
  • Aug 9, 2021
  • 1 min read

މަރު ކޮމިޝަނުން ދިގު ބަޔާނެއް ނެރެގެން ”ހޮޅި ވާހަަކަ“ އެ ދައްކަނީ ޒިންމާއިން ރެކެންވެގެން ކަމަށް، މަޝްހޫރު ޤާނޫނީ ވަކީލު އާދަމް އާސިފް ވިދާޅުވެއްޖެއެވެ.

ރިޟްވާނަށް ވީނުވީއެއް ނޭނގި ގެއްލުނުފަ ހުން މިއަދަށް 07 އަހަރު ފުރިފައިވާ އިރު، މަރު ކޮމިޝަނުން މިއަދު ވަނީ ދިގު ބަޔާނެއް ނެރެފައެވެ.


މަރު ކޮމިޝަނުން ނެރުނު ބަޔާނާއި ގުޅިގެން ވަކީލު އާސިފް ވިދާޅުވީ ދައުލަތުގެ ހެކިންނަށް ރައްކާތެރިކަން ދިނުމުގެ ނިޒާމަކީ 2017 ވަނަ އަހަރުގެ ޖުލައި މަހުގެ 02 ވަނަ ދުވަހުން ފެށިގެން ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 131 ވަނަ މާއްދާގެ ދަށުން ކަނޑައެޅި އިސްތިޤުރާރުވެފައިވާ ކަމެއް ކަމަށެވެ. އަދި މިއަދުގެ ތާރީޚާއި ދިމާކޮށް މަރު ކޮމިޝަނުން 2 ސޮފުހާގެ ދިގު ބަޔާނެއް ނެރެގެން އެ ދައްކަނީ ހޮޅި ވާހަކަ ކަމަށެވެ.


”ޒިންމާއިން ރެކެންވެގެން މަރުކޮމިޝަނުން މިއަދުގެ ތާރީޚަށް 2 ސޮފްހާގެ ދިގު ބަޔާނެއްނެރެ އެ ދައްކަނީ ހޮޅި ވާހަކަ. ހެކިވެރިންގެ މަޢުލޫމާތާއި، ސޫރަ ފޮރުވިގެން އަޑު ބަދަލުކޮށްގެން ހެކިދެވޭނެ. ކުރިން ވެސް، މިހާރު ވެސް އެކަން ހިނގަނީ އެ މަގުން.“ ރައީސް ޔާމިންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ވަކީލު އާސިފް ވިދާޅުވިއެވެ.

އެ މައްސަލައިގައި އިންސާފު ހޯދައިދިނުމަށް މި ސަރުކާރަށް މަސައްކަތް ނުކުރެވެނީ ކޮން ބާރެއް ސަރުކާރަށް ނެތިގެންތޯ ވެސް ވަކީލު އާސިފް ވަނީ ސުވާލު ކުރައްވާފައެވެ. އަދި 24 ގަޑިއިރު ތެރޭ ފުއްދަން ބުނި، ވަޢުދު ފުއްދާ ގޮތަކީ މިއީތޯ ވެސް ވަކީލު އާސިފް ސުވާލުކުރެއްވިއެވެ.


”ވެރިކަމަށް 24 ގަޑިއިރުތެރޭ ރިޟްވާނަށް ވީ ގޮތް ބުނެދޭނެކަމަށް އިބޫ ޞާލިޙް ރައްޔިތުންނަށް ވަޢުދުވި. ވަޢުދުފުއްދަން ބުނި 24 ގަޑި އިރު ހަމަނުވަނީތަ އިބުރާހިމާ“ ރައީސް މާޒީގައި ދައްކަވާފައިވާ ވާހަކަފުޅަށް ޢިޝާރަތް ކުރައްވަމުން ވަކީލު އާސިފް ވިދާޅުވިއެވެ.

 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page