މަންޓާ އެއާރގެ 8 ވަނަ ސީޕްލޭން ރާއްޖެ ގެނެސްފި
- ޙުސައިން އަޙުމަދު

- Aug 30, 2021
- 1 min read

މަންޓާ އެއަރލައިން އިން ރާއްޖޭގައި ހިންގަމުން އަންނަ ސީޕްލޭން އޮޕަރޭޝަނަށް އިތުރު ބޯޓެއް ގެނެސްފިއެވެ.
އެކުންފުނިން ބުނެފައިވަނީ، މިފަހަރު އަލަށް ގެނައި ސީޕްލޭން ގެނެސްފައިވަނީ، ކެނެޑާއިން ކަމަށާއި، އަންނަ މަހުގެ ތެރޭފައި މި ބޯޓު އޮޕަރޭޝަންއަށް ނެރެވޭނެ ކަމަށެވެ.
އިތުރު ބޯޓެއް ގެނައީ، ކުރިއަށް އޮތް ފަތުރުވެރިންގެ ހައި ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ކަމަށާއި، ނޮވެމްބަރު އަދި ޑިސެމްބަރު މަހުގެ ތެރޭގައި އިތުރު 2 ބޯޓު ގެނައުމަށް ހަމަޖެހިފައި ވާކަމަށެވެ.
މި ބޯޓާއިއެކު މަންޓާ ސީޕްލޭން އޮޕަރޭޝަންގައި ބޭނުންކުރާ ބޯޓުތަކުގެ އަދަދު ވަނީ 8 އަށް އިތުރުވެފައެވެ.
މީގެ އިތުރުން މަންޓާ އެއަރ އިން ބުނީ، އަންނަ އަހަރު ވެސް އެ ކުންފުނީގެ ހިދުމަތް ފުޅާ ކުރުމުގެ ގޮތުން އިތުރު ބޯޓުތައް ގެނައުމަށް ނިންމާފައި ވާކަމަށެވެ.








Comments