މާލޭން ބޮޑު ހަރުފައެއް ފެނިއްޖެ
- މާހިރު މުޙައްމަދު
- Sep 4, 2021
- 1 min read

މާލޭ ގެއެއްގެތެރެއިން ހަރުފައެއް ފެނިއްޖެއެވެ.
އެމްއެންޑީއެފުން ބުނީ މ.މަރުޑާނު ގެއިން ހަރުފައެއް ފެނިގެން ރިޕޯޓުކުރީ މިއަދު 15:33 ހާއިރު ކަމަށެވެ.
އެ ގޮތުން ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން ހަރަކާތްތެރިވެފައިވާ ކަމަށާއި، އެ ހަރުފަ މިހާރު ފުލުހުންނާއި ހަވާލުކޮށްފައިވާ ކަމަށެވެ.
މާލޭ ގެއެއްގެތެރެއިން ހަރުފައެއް ފެނިފައިވާ އިރު، ހުސްވި މަހުގެ 29 ވަނަ ދުވަހު މެންދުރުފަހު 13:45 ހާއިރު، ރާއްޖެއިން ޢާންމުކޮށް ނުފެންނަ ބޮނޑުގެ ބާވަތެއްކަމަށްވާ ވައިލްޑް އިގުއާނާއެއް ވެސް ވަނީ ފެނިފައެވެ.








Comments