މާލެ މަގުތައް ހެދުމުގެ މަސައްކަތް ހުއްޓާލަފި
- ޙުސައިން އަޙުމަދު

- Jun 29, 2021
- 1 min read

މާލެ ސިޓީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމަށް ސަރުކާރުން ފަށާފއިވާ ބިޔަ މަޝްރޫއު ވަގުތީ ގޮތުން ހުއްޓާލަފިއެވެ.
އެމަސައްކަތް މެދުކަނޑާލުމާއި ގުޅޭ ގޮތުން، އާރުޑީސީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލި މަނިކު (މޫކޭ) ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މަސައްކަތް މި ވަގުތަށް ހުއްޓާލާފައިވަނީ މޭޔަރު މުއިއްޒު އެދިވަޑައިގަންނަވާ ގޮތަށް ”ޕްރޮޖެކްޓް ސްކޯޕަށް“ ބޮޑެތި ބަދަލުތައް ގެނައުމަށް ކަމަށެވެ.
މީގެ އިތުރުން އެމަނިކުފާނު ވިދާޅުވީ، މިހާރު ކުރިއަށްދަނީ، މާލޭގެ ވަށައިގެން ހަތަރު ފޫޓު ފުޅާ ދުވާ ޓްރެކެއް ހެދުމަށް އަންދާސީ ހިސާބު ހުށަހެޅުމުގެ މަސައްކަތް ކަމަށެވެ. އެހެން ނަމަވެސް ޑރ. މުއިއްޒު ވިދާޅުވީ، ކައުންސިލުން އެދިފައިވާނީ ދެ މީޓަރުގެ ޓްރެކެއް ހެދުމަށް ކަމަށެވެ.
މާލޭގެ މަގުތަކަށް ބަދަލު ގެނައުމުގެ އެއްބަސްވުމުގައި ރޯޑްސް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާއި ކުރީގެ މާލޭ ސިޓީ ކައުންސިލުން ސޮއިކުރީ ޖެނުއަރީ 2020 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 26 ވަނަ ދުވަހުއެވެ.
މާލޭ ސިޓީ ސްޓްރީޓް ސްކޭޕިންގ މަޝްރޫއަކީ 462 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މި މަޝްރޫއުގެ ފުރަތަމަ ފޭސް ގެ ދަށުން އަށް މަގެއް ޒަމާނީ ފެންވަރަށް ތަރައްގީ ކުރާނެއެވެ. މާލޭ ސިޓީ ސްޓްރީޓް ސްކޭޕިން ޕްރޮޖެކްޓްގެ ދަށުން ހަތަރު ވައްތަރެއްގެ މަގު ހެދުމަށް ވަނީ ނިންމާފައެވެ. އޭގެތެރޭގައި ހިމެނެނީ އާޓީރިއަލް ރޯޑްސް، ސިޓީ ރޯޑްސް، ސެކަންޑްރީ ރޯޑްސް އަދި ނެއިބާހުޑް ޕެޑެސްޓްރިއަން ރޯޑްސްއެވެ.
މިޕްރޮޖެކްޓްގެ މަސައްކަތް ނިމޭއިރު ކަރަންޓާ ފެނާއި ނަރުދަމާ އާއި ޑީވޯޓިން އާއި އެހެނިހެން ހިދުމަތްތަކަށް ބޭނުންކުރާ ކޭބަލްތައް، މަގު ނުކޮނެ ފަސޭހައިން ގުޅާލެވޭނެ ގޮތްތަށް ވަނީ ފަރުމާކޮށްފައެވެ.








Comments