ފިހާރައެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
- މާހިރު މުޙައްމަދު
- Sep 22, 2021
- 0 min read

މާލޭ ލޮނު ޒިޔާރަތް މަގުގައި ހުންނަ ފިހާރައެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
އެމްއެންޑީއެފުން ބުނީ ގަލޮޅު ލޮނުޒިޔާރަތް މަގުގައި ހުރި އިމާރާތެއްގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވާކަމުގެ ރިޕޯޓު ލިބިފައިވާ ކަމަށެވެ. ނަމަވެސް އެ ހާދިސާއާއި ގުޅޭ އިތުރު މަޢުލޫމާތެއް އަދި ހާމައެއް ނުކުރެއެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި އަލިފާނުގެ ހާދިސާ ހިނގީ ބޫޓު ވިއްކާ ފިހާރައެއްކަމަށްވާ ”ހަވާއީ ފުޓްވެއާރ“ ގެ މަތީގައި ހަދާފައިވާ ޓެރަސްގެ މަތީގައި ހުރި ބައެއް ތަކެތީގައެވެ. އެ ތަނުގައި ރޯވި އަލިފާން މިހާރު ވަނީ ނިއްވައިލާފައެވެ. މި ހާދިސާގައި އެ ފިހާރައިގައި ހުރި އެއްޗަކަށް ވެސް އަދި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.








Comments