މާލޭގެ ކުރީގެ ޑެޕިއުޓީ މޭޔަރު ޕީޕީއެމްއާއި ގުޅިވަޑައިގެންފި
- ޙުސައިން އަޙުމަދު

- Sep 4, 2021
- 1 min read

މާލޭ ސިޓީގެ ފުރަތަމަ ޑެޕިއުޓީ މޭޔަރު އަޙްމަދު ޝަމާހު ރަޝީދު ޕީޕީއެމްއާއި ގުޅިވަޑައިގެންފިއެވެ.
80 މެންބަރުންގެ ފޯމާއެކު ޝަމާހު ޕީޕީއެމްއާއި ގުޅިވަޑައިގެންނެވިކަން ހާމަކުރެއްވީ އިިދިކޮޅު ކޯލިޝަނުން މިރޭ ކުރިއަށްގެންދާ ”އައްޑަނަ“ ޖަލްސާގައެވެ. ޝަމާހު ޕީޕީއެމްއާއި ގުޅިވަޑައިގަތުމަށްފަހު ފޯމުތައް ހަވާލުކުރެއްވީ އިދިކޮޅު ކޯލިޝަންގެ އެކްޓިން ލީޑަރު ޢަބްދުއްރަޙީމް (އަދުރޭ) އާއި އެވެ. ޝަމާހުއަކީ މީގެ ކުރިން ވެރިކަން ކުރާ މައި ޕާޓީކަމަށްވާ އެމްޑީޕީގެ މެންބަރެކެވެ. ޕީޕީއެމްއިން ހާމަކުރާ ގޮތުގައި ގިނަ ބަޔަކު އަންނަނީ އެ ޕާޓީއާއި ގުޅެމުންނެވެ.








Comments