މާލޭގައި ޢީދު ދުވަހު ވަކި ވަގުތެއްގައި ފައިމަގުގައި އުޅޭ ގޮތަށް ހަމަޖައްސައިފި
- Goal mv
- Jul 16, 2021
- 1 min read

މި އަހަރުގެ އަޟްޙާ ޢީދު ދުވަހު ވަކި ވަގުތެއްގައި މާލޭ ސިޓީގައި ފައިމަގުގައި އުޅޭ ގޮތަށް ހަމަޖައްސައިފިއެވެ.
މާލޭ ސިޓީ ކައުންސިލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މޭޔަރު ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ، ޢީދު ދުވަހު މާލޭގައި ހިނގައިފައި އުޅޭ ވަގުތެއްކަމަށް ކަނޑައަޅައިފައި ވަނީ، ހަވީރު 16:00 އިން ރޭގަނޑު 20:00 އަށް ކަމަށެވެ.
”މަޤްސަދަކީ މާލެވަނީ ވަރަށް ބޮޑަށް ތޮށްޖެހިފަ. އަދި ޚާއްސަކޮށް މި ކޮވިޑުގެ އެކިކަހަލަ ލޮކްޑައުންތަކުގެތެރޭ ރައްޔިތުން ތިބީ ގޭބަންދުވެފަ“ މޭޔަރު ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
އެ ގޮތަށް ހަމަޖެއްސީ މާލޭ ސިޓީގައި އުޅޭ ރައްޔިތުންނާ މަޝްވަރާކޮށްފައި ކަމަށާާާއި އެ ވަގުތުތަކުގައި ވެހިކަލް ދުއްވުން މަނާ ނަމަވެސް، ސަލާމަތީ ޚިދުމަތްތަކާއި، އިމަރޖެންސީ ހާލަތުގައި ދުއްވާ އުޅަނދުތައް ދުއްވުމުގެ ހުއްދަ އޮންނާނެ ކަމަށްް ޑރ.މުޢިއްޒު ވިދާޅުވިިިިިިިިއެވެ.
މީގެ އިތުރުން ޑރ.މުޢިއްޒު ވަނީ، ޢީދު ދުވަހު ނިކުމެ އުޅޭއިރު ވެސް އެޗްޕީއޭގެ ގައިޑްލައިންތަކަށް ޢަމަލުކުރަން އިލްތިމާސްކޮށްފައެވެ.








Comments