މާލޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
- ޙުސައިން އަޙުމަދު

- Jul 24, 2021
- 1 min read

މާލޭގައި ހުންނަ ޝީޝާގެ އޮފީހުގައި އަލީފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
ނިރޮޅުމަގުގައި ހުންނަ ޝީޝާގެ އޮފީހުގައި އަލިފާނުގެ ހާދިސާއެއް ހިނގުމަށް މެދުވެރިވީ، ކަރަންޓު ޝޯޓު ވުމުގެ ސަބަބުން ކަމަށްވަނީ މައުލޫމާތު ލިބިފައެވެ.
ޝީޝާ ޝޯރޫމުގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު އިން ހަރަކާތްތެރިވެފައިވާ ކަމަށެވެ. މިހާދިސާގެ މައުލޫމާތު އެމްއެންޑީއެފްއް ލިބިފައި ވަނީ 11:48 ހާއިރު ކަމަށް އެމްއެންޑީއެފްގެ ތަރުޖަމާނު އިބްރާހިމް އާޒިމް ވިދާޅުވިިިިިިއެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ވެފައި ނުވާއިރު، އެތަނުގެ މުވައްޒަފުން ވަނީ، އަލިފާން ރޯވުމާއި އެކި އަލިފާންގަނޑު ނިވާލާފައެވެ.








Comments