މޯލްޑިވިއަންގެ ޕައިލެޓުންތަކެއްް އިސްތިއުފާ ދީފި
- މާހިރު މުޙައްމަދު
- Sep 9, 2021
- 1 min read

ޤައުމީ އެއާލައިން މޯލްޑިވިއަންގައި މަސައްކަތް ކުރަމުން ދިޔަ ޕައިލެޓުންތަކެއްް އެއްފަހަރާ އިސްތިއުފާ ދީފިއެވެ.
ސީޕްލޭންގެ ހަތަރު ކެޕްޓަނުންނާއި ތިން ކޯ ޕައިލެޓުން އިސްތިއުފާ ދީފައި ވަނީ، މުސާރަ އާއި މެނޭޖްމަންޓާ ދޭތެރޭ ހުރި ނުތަނަވަސް ކަމުގެ ސަބަބުން ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
މިކަމާއި ގުޅިގެން މޯލްޑިވިއަންގެ ޕީއާރް މެނޭޖަރ މޫސާ ވަސީމް ވިދާޅުވީ، ޕައިލެޓުންތަކެއް އިސްތިއުފާ ދެއްވި ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި، ޕައިލެޓުން ވަކިވެފައި ވަނީ ނޯޓިސްވެސް ދިނުމަށްފަހުގައި ކަމަށެވެ. އަދި ޕައިލެޓުން އިސްތިއުފާ ދިންނަމަވެސް އެއްވެސް އޮޕަރޭޝަނަކަށް ބުރޫ ނާރާނެ ކަމަށްވެސް މޫސާ ވިދާޅުވިއެވެ.








Comments