https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

މޯލްޑިވިއަން ފްލައިޓެއް ހައިޖެކް ކުރާނެ ކަމަށް ބުނެ އިންޒާރު ދިން މައްސަލަ ބަލަން ފަށައިފި

  • މާހިރު މުޙައްމަދު
  • Aug 31, 2021
  • 1 min read

ޏ. އަތޮޅު ފުވައްމުލައް ސިޓީން މާލެ އަންނަން އޮތް ޤައުމީ އެއާރލައިން މޯލްޑިވިއަން ފްލައިޓެއް ހައިޖެކް ކުރާނެ ކަމަށް ބުނެ އިންޒާރު ދިން މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.


ފުލައިޓް ފުވައްމުލަކުން މާލެ ދިއުމަށް ފުރަން ހަމަޖެހިފައި އޮތީ20:55ގައެވެ. ނަމަވެސް އިންޒާރާއިއެކު ފުލައިޓް ޑިލޭވުމުގެ ސަބަބުން ފުލައިޓް ފުރާފައި ވަނީ 23:30ގައެވެ. ފުލައިޓް ހައިޖެކުކުރާނެ ކަމަށް އިންޒާރު ދީފައި ވަނީ އެއާޕޯޓަށް މުދާ ކާގޯ ކުރަންދިއަ މީހެއްކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. މިކަމާއި ގުޅިގެން ފުލުހުން ވިދާޅުވީ، ފުވައްމުލަކުން މާލެ އަންނަން އޮތް މޯލްޑިވިއަންގެ ފްލައިޓެއް ހައިޖެކް ކުރާނެ ކަމަށް ބުނެ އިންޒާރު ދިން މައްސަލަ އެއް އޮގަސްޓު މަހުގެ 30 ވަނަ ދުވަހުގެ ރޭ 20:50 ހާއިރު ފުލުހުންނަށް ހުށައަޅާފައިވާ ކަމަށާއި، މި މައްސަލަ ސީރިއަސް މައްސަލަ އެއްގެ ގޮތުގައި ބަލަމުން އަންނަ ކަމަށެވެ. އެހެންނަމަވެސް މި މައްސަލަ އާއި ގުޅިގެން އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މުދާ ކާގޯ ކުރަންދިއަ ފަރާތުން ވަނީ އޭވިއޭޝަން ސެކިއުރިޓީ ކައިރީގައި، ފުލައިޓް ހައިޖެކް ކުރާނެކަމަށް ބުނެފައެވެ. ނަމަވެސް ސެކިއުރިޓީ ވަނީ އެފަދަ ނުރައްކާތެރި ވާހަކަ ނުދެއްކުމަށް ނަސޭހަތްތެރިވެފައެވެ. ނަސޭހަތް ދިނުމުން ވެސް އެމީހާ ދިޔައީ ހައިޖެކު ކުރާނެކަމަށް ތަކުރާރުކޮށް ބުނަމުންނެވެ. މިކަމާއި ގުޅިގެން ފުލައިޓުން ވަނީ ޕެސެންޖަރުން ޑީ ބޯޑުކޮށް، އަލުން ބޯޑުކޮށްފައެވެ. ފުލައިޓް ޑިލޭވުމުގެ ސަބަބުން ފިއުލް ފިލް ނުކުރެވޭތީ ފުލައިޓް ވަނީ އައްޑޫއަށް ރޫޓް ބަދަލުކޮށް ގަން އެއާޕޯޓުން ފިއުލް އެޅުމަށް ރީ ރޫޓް ކޮށްފައެވެ.

 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page