މޯލްޑިވިއަން ފްލައިޓު ހައިޖެކްކުރާނެ ކަމަށް ބުނި މީހާ ހައްޔަރުކޮށްފި
- މާހިރު މުޙައްމަދު
- Aug 31, 2021
- 1 min read

ފުވައްމުލަކު މާލެއަށް ފުރަން އޮތް ޤައުމީ އެއާރލައިން މޯލްޑިވިއަންގެ ފްލައިޓެއް ހައިޖެކްކުރާނެ ކަމަށް ބުނެ، އިންޒާރުދިން މައްސަލައިގައި މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ، ރޭ 20:55 ގައި ފުވައްމުލަކު ސިޓީން މާލެއަށް ފުރަން އޮތް މޯލްޑިވިއަންގެ ފްލައިޓެއް ހައިޖެކްކުރާނެކަމަށް ބުނެ، އިންޒާރުދިން މައްސަލައިގައި މީހަކު ހައްޔަރުކުރީ މިއަދު ކަމަށެވެ.
ފުލުހުން ބުނީ ހައްޔަރުކުރީ ޢުމުރުން 34 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.
މަޢުލޫމާތު ލިބޭ ގޮތުގައި އިންޒާރުދިނީ އެއާޕޯޓަށް މުދާ ކާގޯ ކުރަން ދިޔަ މީހެކެވެ.








Comments