https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

ވެކްސިންޖެހުމުގެ ބޭނުމެއް އެބައޮތްތޯ- ރޮޒައިނާ

  • Writer: Goal mv
    Goal mv
  • Jun 30, 2021
  • 1 min read


ވެކްސިންގެ ދެ ޑޯޒު ފުރިހަމަކޮށްފައިވާ މީހުންނަށް ރަށްރަށަށް ދަތުރުނުކުރެވޭ ގޮތަށް ކަނޑައެޅުމުން، އައްޑޫ ސިޓީ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ފާޑުވިދާޅުވެއްޖެއެވެ.


ޖުލައި 01 ވަނަ ދުވަހުން ފެށިގެން ދޭން ނިންމި ލުއިތަކުގެތެރޭގައި، ކޮވިޑުޖެހި ރަނގަޅުވެފައިވާ މީހުންނަށް 60 ދުވަހުގެ ތެރޭގައި ކަރަންޓީނުވުމަކާއި ނުލައި، އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުމުގެ ހުއްދަ ވަނީ ލިބިފައެވެ. ނަމަވެސް ވެކްސިންގެ ދެ ޑޯޒު ފުރިހަމަކޮށްފައިވާ މީހުންނަށް އެ ފުރުސަތެއް ނެތެވެ.


އެ ގޮތުން ގިނަ ބަޔަކު ވަނީ ސަރުކާރަށް ފާޑުކިޔުންތައް އަމާޒުކޮށްފައެވެ. މިފަދަ ދަނޑިވަޅެއްގައި ރޮޒައިނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކޮވިޑު ބަލިން ރަނގަޅުވެފައިވާ މީހުންނަށް ދަތުރުކުރެވޭގޮތަށް އުސޫލަށް ބަދަލުގެނެސްފައިވާއިރު، ވެކްސިންގެ ދެ ޑޯޒު ފުރިހަމަކޮށްފައިވާ މީހުންނަށް އެ ފުރުސަތު އޮންނަންޖެހޭކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. އެހެންނޫނީ ވެކްސިންޖެހުމުގެ ބޭނުމެއް އެބައޮތްތޯ ވެސް ރޮޒައިނާ ސުވާލު އުފެއްދެވިއެވެ.


އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވީ ދެ ޑޯޒު ފުރިހަމަކޮށްފައިވާ މީހުންނަށް ލުއިދިނުމާއި ގުޅޭ ގޮތުން އެއްބަސްވުމަކަށް އަދި ނާދެވޭ ކަމަށެވެ.


ހެލްތު މިނިސްޓަރު ނަސީމް ވިދާޅުވީ މިހާތަނަށް ޑޯޒު ފުރިހަމަކޮށްފައިވަނީ %40 އެއްހައި މީހުން ކަމަށާއި، ގިނަ ބަޔަކު ދެ ޑޯޒު ފުރިހަމަކުރުމުން ލުއިތަކެއްދެވޭނެ ކަމަށެވެ.

 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page