"މައި ބަނދަރު" މެދުވެރިކޮށް ފައިސާ ދެއްކުމަށް އެމްޕީއެލުން އެދެފި
- މާހިރު މުޙައްމަދު
- Aug 16, 2021
- 1 min read

ރާއްޖެއަށް މުދާ އިމްޕޯޓުކުރާ ފަރާތްތަކުން މޯލްޑިވްސް ޕޯޓް ލިމިޓެޑް (އެމްޕީއެލް)ގެ އޮންލައިން ޕޯޓަލް "މައި ބަނދަރު" މެދުވެރިކޮށް ފައިސާ ދައްކަން ޖެހޭ ގޮތަށް ހަމަޖައްސައިފިއެވެ.
އެމްޕީއެލްއިން މިއަދު ބުނީ މިބަދަލު ގެނެސްފައި ވަނީ އިއްޔެއިން ފެށިގެން ކަމަށާއި ޕޯޓަލް މެދުވެރިކޮށް ފައިސާ ބަލައިގަންނަން ފަށާނެކަން މިދިޔަ މަހު އަންގައިފައިވާ ކަމަށެވެ.
އެ ބަދަލާއެކު ޕޯޓަލް މެދުވެރިކޮށް ފައިސާ ދެއްކެން ހުންނަ ހިދުމަތްތަކަށް، ބޭންކަށް ސީދާ ފައިސާ ޖަމާކޮށްގެން ފައިސާ ބަލައި ނުގަންނާނެ ކަމަށާއި ޕޯޓަލް މެދުވެރިކޮށް ފައިސާ ދެއްކުމުން، ޕޯޓަލް މެދުވެރިކޮށް ރަސީދު ވެސް ލިބިގެން ދާނެކަމަށް އެ ކުންފުނިން ބުނެއެވެ.
އެމްޕީއެލް އިން ބުނީ ޕޯޓަލް މެދުވެރިކޮށް ނުލިބޭ ހިދުމަތްތަކަށް ފައިސާ ދެއްކުމުގައި އަދި ވެސް އަމަލު ކުރާނީ ކުރިން އަމަލުކުރަމުން އައި ގޮތަށް ކަމަށެވެ.
އެ ކުންފުނިން މައި ބަނދަރު ޕޯޓަލް ތައާރަފުކުރީ ޑިޖިޓަލް ހިދުމަތްތައް މެދުވެރިކޮށް ދެވޭ މާލީ ހިދުމަތްތައް ކުރިއަރުވައި ޗެކާއި ނަގުދު ފައިސާއަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށެވެ.








Comments