މަހުލޫފުގެ މައްސަލައިގައި ޕީޖީން އެންގި ކަންކަން ފުރިހަމަކޮށްފިން- އޭސީސީން
- Goal mv
- Jun 29, 2021
- 1 min read

އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައާއި ގުޅިގެން ޔޫތު މިނިސްޓަރު އަޙްމަދު މަހްލޫފްގެ މައްޗަށް ދަޢުވާކުރުމަށްޓަކައި ޕްރޮސެކިއުޓާރ ޖެނެރަލްގެ އޮފީހަށް ހުށަހަޅައިފައިވާ މައްސަލައިގައި، އެ އޮފީހުން ފުރިހަމަކުރަން އެންގި ކަންކަން ފުރިހަމަކޮށްފައިވާކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން(އޭސީސީ) ބުނެފިއެވެ.
އޭސީސީގެ މީޑިއާ އޮފިޝަލް ޙަސަން މަނިކު މިއަދު ވިދާޅުވީ މަހުލޫފުގެ މައްސަލައިގައި ޕީޖީން އެދުނު ކަންކަމާއި ގުޅިގެން ޖަވާބުދެއްވައިފައިވާ ކަމަށެވެ.
މަހުލޫފަށް ދަޢުވާކުރަން ފޮނުވި މައްސަލަ އަނބުރާ ފޮނުވައިނުލައި، ޕީޖީ އޮފީހުން އެދުނީ އިތުރު ހެކިތަކަކާބެހޭ ބައެއް ލިޔެކިޔުންތައް ހުށަހެޅުމަށެވެ. އަދި ދަޢުވާކުރުމާމެދު ގޮތެއް ނިންމޭނީ އެ ލިޔުންތައް ލިބުމުންކަމަށް ޕީޖީން ވަނީ ބުނެފައެވެ. މަހުލޫފުގެ މައްޗަށް ދަޢުވާކުރުމަށްޓަކައި ޕީޖީއަށް ހުށަހެޅީ މި މަހުގެ 09 ގައެވެ. އެއީ ޚިޔާނާތުގައި 33،000 އެމެރިކާ ޑޮލަރު ރިޝްވަތުގެ ގޮތުގައި މަހުލޫފު ނެންގެވިކަމަށް ބުނެފައެވެ. އެއާއެކު ރައީސުލްޖުމްހޫރިއްޔާ ވަނީ މަޤާމުގެ މަސްއޫލިއްޔަތުތަކުން މަހުލޫފު އެކަހެރިކުރައްވައިފައެވެ. މަހުލޫފު ވަނީ މި މައްސަލައިގައި އަވަހަށް ގޮތެއް ނިންމަވައި ދެއްވުމަށް ވެސް އެދިވަޑައިގަންނަވައިފައެވެ.








Comments