މަހަށް ގޮސް އުޅުނު ދިވެއްސަކު ކުއްލި ގޮތަކަށް ނިޔާވެއްޖެ
- މާހިރު މުޙައްމަދު
- Nov 16, 2021
- 1 min read

މަހަށް ގޮސް އުޅުނު ދިވެއްސަކު ކުއްލި ގޮތަކަށް ނިޔާވެއްޖެއެވެ.
ނިޔާވެފައިވަނީ ގދ.ތިނަދޫ ހުޅަނގުން 33 ނޯޓިކަލް ބޭރުގައި މަސްވެރިކަން ކުރަމުންދިޔަ ދޯންޏެއްގައި ހުރި 44 އަހަރުގެ ފިރިހެނެކެވެ. މަޢުލޫމާތު ލިބޭ ގޮތުގައި ދޯނީގައި ހުއްޓާ އޭނާއަށް ސްޓްރޯކެއް ޖެހިގެން ތިނަދޫގައި ހުންނަ ޢަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގެންދިޔައީ އެމްއެންޑީއެފުގެ އެހީއާއެކުގައެވެ. އޭނާ ހޮސްޕިޓަލަށް ގެންދިޔައީ އިރުއޮއްސޭން ގާތްވެފައި ވަނިކޮށެވެ. ހޮސްޕިޓަލާއި ހަވާލާދީ މީޑިއާގައި ރިޕޯޓުކޮށްފައިވާ ގޮތުން ފިރިހެން މީހާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޮތީ ނިޔާވެފައެވެ.








Comments