މަގުމަތީގައި ޖިންސީ ޢަމަލު ހިންގަން އޮތް މީހާގެ ބަންދަށް އިތުރު 15 ދުވަސްް
- މާހިރު މުޙައްމަދު
- Jul 22, 2021
- 1 min read

މާލޭ މަގުމަތީގައި ބަރަހަނާ ހާލުގައި ޖިންސީ ޢަމަލު ހިންގަނިކޮށް ހައްޔަރުކުރި މީހާގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.
ޖިންސީ ޢަމަލު ހިންގުމަށް އޭނާ އޮށޯވެގެން އޮތީ ލޮނުޒިޔާރަތްމަގުގައި ހުންނަ ”ލޯލާ“ ފިހާރަ ކައިރީ ޕޭމަންޓު މަތީގައި މި މަހުގެ 2 ވަނަ ދުވަހުގައެވެ.
އެ ގޮތުން އޭނާ ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން 15 ދުވަހުގެ މުއްދަތަކަށް އޭނާ ބަންދުގައި ބަހައްޓަން ކޯޓުން ޢަމުރުކުރިއެވެ.
އެ މުއްދަތު ހަމަވުމާއެކު އޭނާގެ ބަންދަށް 15 ދުވަސްޖެހީ މި މަހުގެ 18 ގައެވެ. އެހެންކަމުން އޭނާގެ މުއްދަތު ހަމަވާނީ މާދަމާއަށެވެ. އެއަށްފަހު އަނެއްކާ ވެސް އޭނާގެ ބަންދާމެދު އިތުރު ގޮތެއް ނިންމާނެއެވެ.








Comments