މަގުމަތީގައި އަމިއްލައަށް ޖިންސީ ޢަމަލު ހިންގަނިކޮށް ހައްޔަރުކުރި މީހާގެ ބަންދުގެ މުއްދަތުޖަހައިފި
- ޙުސައިން އަޙުމަދު

- Jul 4, 2021
- 1 min read

މާލޭ މަގުމަތީގައި ބަރަހަނާ ހާލުގައި ޖިންސީ ޢަމަލު ހިންގަނިކޮށް ހައްޔަރުކުރި މީހާގެ ބަންދުގެ މުއްދަތުޖަހައިފިއެވެ.
މި މަހުގެ 2 ވަނަ ދުވަހުގައި، ޖިންސީ ޢަމަލު ހިންގުމަށް އޭނާ އޮށޯވެގެން އޮތީ ލޮނުޒިޔާރަތްމަގުގައި ހުންނަ ”ލޯލާ“ފިހާރަ ކައިރީ ޕޭމަންޓު މަތީގައެވެ. އޭނާ ހައްޔަރުކޮށް، ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން 15 ދުވަހުގެ މުއްދަތަކަށް އޭނާ ބަންދުގައި ބަހައްޓަން ކޯޓުން ވަނީ ޢަމުރުކޮށްފައެވެ. ފުލުހުން ބުނީ މައްސަލަ ތަޙްޤީޤުކުރަމުންދާ ކަމަށެވެ.








Comments