މަގުމަތީގައި ބަރަހަނާ ހާލުގައި އޮތް މީހަކު ފުލުހަށް ގެންގޮސްފި
- މާހިރު މުޙައްމަދު
- Jul 2, 2021
- 1 min read

މާލޭގެ މަގުމަތީގައި ބަރަހަނާ ހާލުގައި އޮތް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެެވެ.
މަޢުލޫމާތު ލިބޭގޮތުގައި އޭނާ ބަރަހަނާ ހާލުގައި އޮތީ ލޮނުޒިޔާރަތްމަގުގައި ހުންނަ ”ލޯލާ“ ފިހާރަ ކައިރީ ޕޭމަންޓު މަތީގައެވެ. އެ ތަނުގައި ބަރަހަނާ ހާލުގައި އޮތީ ފިރިހެނެކެވެ. މި ހާދިސާއާއި ގުޅިގެން ފުލުހުން ބުނީ ނިވާކަންކުޑަ ހެދުމެއް އަޅައިގެން މާލޭ މަގުމަތީ އުޅުނު ދިވެހި ފިރިހެނަކު މިއަދު 16:13 ހާއިރު ފުލުހަށް ގެންގޮސްފައިވާ ކަމަށެވެ. ފުލުހުން ބުނީ އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.








Comments