މާރާމާރީއެއްގައި މީހަކު ޒަޚަމްކޮށްލައިފި
- ޙުސައިން އަޙުމަދު

- Jul 17, 2021
- 1 min read

މާލޭގައި ހިންގި މާރާމާރީއެއްގައި މީހަކު ޒަޚަމްކޮށްލައިފިއެވެ.
ފުލުހުން ދެންމެ ބުނީ މަޖީދީމަގާއި، މާވެޔޮމަގާއި ގުޅުނު ހިސާބުން ދުއްވައިފައިދިޔަ ކާރެއް ހުއްޓުވައި, އެ ކާރުގައި އިން ޢުމުރުން 14 އަހަރުގެ ފިރިހެން ކުއްޖަކަށް އަނިޔާކޮށް މާރާމާރީ ހިންގައިފައިވާ މައްސަލައެއް ހުށަހެޅިފައިވާ ކަމަށެވެ. މައްސަލަ ހުށަހެޅީ މިރޭ 18:38 ހާއިރުގައެވެ. ފުލުހުން ބުނީ މާރާމާރީގައި އަނިޔާވި ކުއްޖާގެ ބޯ ފަޅައިގެން ގޮސްފައިވާ ކަމަށެވެ. އަދި އޭނާއަށް މިހާރު އޭޑީކޭގައި ފަރުވާދެމުންދާ ކަމަށެވެ. މާރާމާރީއާއި ގުޅިގެން އެއްވެސް މީހަކު އަދި ހައްޔަރު ނުކުރާ ކަމަށާއި، މައްސަލަ ތަޙްޤީޤުކުރަމުން އަންނަކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.








Comments