https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

މާރާމާރީއަކާގުޅޭ މަޢުލޫމާތު އެނގޭ މީހަކު ހުރިތޯ ބަލަނީ

  • މާހިރު މުޙައްމަދު
  • Jun 30, 2021
  • 1 min read


ފުވައްމުލަކު ސިޓީގައި ހިނގި މާރާމާރީއަކާގުޅޭ މަޢުލޫމާތު އެނގޭ މީހަކު ހުރިނަމަ، އެ މަޢުލޫމާތެއް ހިއްސާކޮށް ދިނުމަށް ފުލުހުން އެދިއްޖެއެވެ.


ފުލުހުން މިއަދު ބުނީ މި 26 ވަނަ ދުވަހު ހަވީރުގެ ވަގުތެއްގައި ފުވައްމުލަކު ދިގުވާނޑު އަވަށުގައި ހުންނަ ފެނަކަ ކޯޕަރޭޝަންގެ ނަރުދަމާ ޕަންޕު ސްޓޭޝަން ކުރިމަތިން، މުޙައްމަދު ޖަމާލުއްދީން ނައިބުތުއްތު މަގުގައި ހިނގި މާރާމާރީއާގުޅޭ އެއްވެސް މަޢުލޫމާތެއް އެނގޭ ފަރާތެއްވޭތޯ ބަލަން ބޭނުންވާ ކަމަށެވެ. ފުލުހުން ވަނީ، މާރާމާރީއާ ގުޅޭ އެއްވެސް މަޢުލޫމާތެއް، ނުވަތަ މަންޒަރު ދުށް ފަރާތެއް، ނުވަތަ މާރާމާރީއާ ގުޅޭ ފޮޓޯ/ވީޑިއޯ ހުރި ފަރާތެއްވާނަމަ އެކަން އެންގުމަާށް އެދިފައެވެ. ފުލުހުން އެދިފައިވަނީ ފުވައްމުލަކު ޕޮލިސް ސްޓޭޝަންގެ ނަންބަރު 9792803 އަށް ގުޅައި މަޢުލޫމާތު ހިއްސާކުރުމަށެވެ.



 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page