މާގިރީގައި އެމްޑީޕީގެ އިސް ބޭފުޅަކު އެއް ޖިއްސުން ގުޅުން ހިންގި- ޢަލީ ވަޙީދު
- މާހިރު މުޙައްމަދު
- Sep 21, 2021
- 0 min read

މާގިރީ ހޮޓަލުގައި އެމްޑީޕީގެ އިސް ސަފުގައި ހުންނެވި ބޭފުޅަކު އެއް ޖިއްސުން ގުޅުން ހިންގިކަމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު ޢަލީ ވަޙީދުރޭ ވިދާޅުވެއްޖެއެވެ.
އިނގިރޭސި ވިލާތުގައި މި ވަގުތު ހުންނެވި ޢަލީ ވަޙީދު ރޭ ވިދާޅުވީ، މާގިރީ ހޮޓަލުގައި އެމްޑީޕީގެ އިސް ބޭފުޅަކު ރަމަޟާން މަހު ދުވާލު ކައިބޮއި ހެދި ކަމަށާއި، އެއް ޖިއްސުން ގުޅުން ހިންގިކަމަށެވެ. ”މާގިރީގަ މިހާރު އަޅުގަނޑަށް ޚަބަރު ލިބިފަވާ ގޮތުގަ ސީސީޓީވީ ފުޓޭޖު ވެސް ވަނީ ޑިލީޓްކޮށްލާފަ. އޭގެން ފެންނާނީ ޢަލީ ވަޙީދެއް ނޫން އިނގޭތޯ. އޭގެން ފެންނާނީ އެމްޑީޕީއަށް ނިސްބަތްވާ ސިޔާސީ މީހުން. ބަރަކާތްތެރި ރަމަޟާން، ރޯދަ މަހު ރޯދަ ނުހިފައި، އެއް ޖިންސުން ގުޅުން ހިންގައި، ގުރޫޕު ހަދައިގެން މި ބާވަތުގެ ކަންކަން ކުރާކަމުގެ ތުހުމަތު ލިބުމާއެއްކޮށް އަޅުގަނޑު ފިޔަަވަޅު އެޅިން.“ ޢަލީ ވަޙީދު ވިދާޅުވިއެވެ. ޢަލީ ވަޙީދު ވިދާޅުވީ އޭނާ ފްރޭމް ކުރީ އެކަމާ ދެކޮޅު ހެދި ހިސާބުން ކަމަށެވެ. ޓޫރިޒަމް މިނިސްޓަރުކަމުގައި ހުންނެވިއިރު، އެ މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތު ވަނީ ކުރެވިފައެވެ. އެކަމާއި ގުޅިގެން ޢަލީ ވަޙީދު މަޤާމުން އިސްތިއުފާދެއްވަން ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް އެންގެވިއެވެ. ޢަލީ ވަޙީދު ވިދާޅުވީ އެ ގޮތަށް އެންގެވުމުން އިސްތިއުފާ ދެއްވަންޖެހޭ ސަބަބެއް ނޯންނާނެކަމަށް ވިދާޅުވެ ރައީސްއަށް ގުޅުއްވި ކަމަށެވެ. ހަމައެހެންމެ ޢަލީ ވަޙީދު ވަނީ އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ދޮގުކުރައްވާފައެވެ.








Comments