މާފުށީ ޖަލު ކުއްލި ހާލަތަށް ގެންނަން ތައްޔާރުވެއްޖެ
- މާހިރު މުޙައްމަދު
- Sep 2, 2021
- 1 min read

މާފުށީ ޖަލުން ކޮވިޑުގެ ޕޮޒިޓިވް ކޭހެއް ފެންމަތިވުމުން، އެ ޖަލު ކުއްލި ހާލަތަށް ގެންނަން ނިންމައިފިއެވެ.
ޖަލުތަކުގެ ވެރިޔާ އަޙްމަދު މުޙައްމަދުފުޅު ދެންމެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މާފުށީ ޖަލުގެ އޮފިސަރެއްގެ ކިބައިން ކޮވިޑުގެ އަލާމާތްތައް ފެނިގެން ޓެސްޓުކުރުމުން މިއަދު ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެހެންކަމުން ޖަލުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި މިރޭ 00:00 އިން ފެށިގެން މާފުށީ ޖަލު ކުއްލި ހާލަތަށް ގެނެވޭނެކަމަށާއި، ވަގުތީ ގޮތުން ޤައިދީންގެ ހުރިހާ މޫވްމަންޓްތައް މެދުކަނޑައިލެވޭނެކަމަށް ވެސް އަޙްމަދު މުޙައްމަދުފުޅު ވިދާޅުވިއެވެ.








Comments