މާފުށީ ކައުންސިލަރަކަށް ހަމަލާދީފި
- ޙުސައިން އަޙުމަދު

- Jul 21, 2021
- 1 min read

މާފުށީ އަންހެން ކައުންސިލަރަކަށް ހަމަލާދީ މާރާމާރި ހިންގި ފިރިހެނަކު ފުލުހުން ހައްޔަރު ކޮށްފިއެވެ.
މާފުށީ ކެފޭއެއްގެ ތެރޭގައި ތިބި އަންހެނުން ތަކެއް ފަހާ އެމީހާ ދުއްވާގަތީ އެމީހާ މަރާލާނެ ކަމަށް ބުނެ ވާހަކަ ދެއްކުމުން ކަމަށާއި އެ އަންހެނުންތަށް ދުވެފައި ގޮސް އެތާ ކައިރީ ގެއަކަށް ވަންނަނިކޮށް އެ ފިރިހެން މީހާ ވަނީ އޭނާ އަތުގައި އޮތް އުލުން އަންހެން ކައުންސިލަރުގެ ބުރަކަށްޓަށް ހަމަލާދީފައެވެ.
ނަމަ ވެސް އެ އަންހެން ކައުންސިލަރަށް މާ ބޮޑު އަނިޔާއެއްވެފައި ނުވާކަމަަަށް މައުލޫމާތު ލިބެއެވެ.
މާފުށީ ކައުންސިލުން ހާމަކުރާގޮތުގައި، އެ ފިރެހެން މީހާ އެ ރަށަށް އެތެރެވީ ކޮން ގޮތަކުންކަން ނޭނގޭ ކަމަށާއި، ބޮޑަށް ލަފާ ކުރެވެނީ، ވަގަށް އެތެރެވެފައި ވާ މީހެއް ކަމަށެވެ. ފިރެހެން މީހާ ހައްޔަރުކޮށް ބެލިއިރު އޭނާ ރަށަށް އެތެރެވީ ހުއްދަ ނުނަގާކަން އެނގޭ ކަމަށެވެ.
ފުލުހުން މިހާރު ދަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.








Comments