އަންނަ އަހަރުން ފެށިގެން މިނިމަމް ވޭޖް ލިބޭނެ– ފައްޔާޒް
- މާހިރު މުޙައްމަދު
- Oct 22, 2021
- 1 min read

އަންނަ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން މިނިމަން ވޭޖް ލިބެން ފަށާނެ ކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ފައްޔާޒް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، މިނިމަމް ވޭޖެއް ކަނޑައަޅަން ކުރަން ޖެހޭ މަސައްކަތްތައް ކުރިއަށް ގެންދާ ކަމަށެވެ.
އަދި އަންނަ އަހަރުން ފެށިގެން މިނިމަމް ވޭޖެއް ކަނޑައަޅަން ގާނޫނުން ލާޒިމް ކޮށްފައި ވާކަމަށާއި، އެހެން ކަމުން އަންނަ އަހަރުގެ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން މިނިމަމް ވޭޖް ލިބެން ފަށާނެ ކަމަށެވެ.
ވޭޖް ބޯޑަށް ހުށަހެޅި 6 ޕްރޮޕޯސަލްގެ ތެރެއިން މެމްބަރުން ބަހުސްކުރުމަށްފަހު ނިންމި ނިންމުމުގައި ވަނީ ސިވިލް ސާވިސްގެ އެންމެ ދަށް މުސާރައަކީ ދާއިމީ މުވައްޒަފަކަށް 7،000ރ. ކަމަށެވެ. އެއީ ހަ ގަޑިއިރުގެ މަސައްކަތަށް ވެސް ބުނެފައިވެ އެވެ. މީގެ އިތުރުން ކުދި ވިޔަފާރިތަކުން، ދުވާލަކު އަށް ގަޑިއިރު މަސައްކަތްކުރުވާ ނަމަ މަހަކު އެންމެ ދަށްވެގެން މުސާރައިގެ ގޮތުގައި 5،700ރ. ދޭން ޖެހޭނެ އެވެ. އަދި މެދުފަންތީގެ ވިޔަފާރިތަކުން މަހު މުސާރައިގެ ގޮތުގައި އެންމެ މަދުވެގެން ދެވޭނެ އަދަދަކީ 8،000ރ. ކަމަށާއި ބޮޑެތި ވިޔަފާރިތަކުން މުސާރައިގެ ގޮތުގައި މަހަކު 10،200ރ. ދޭން ޖެހޭނެ ކަމަށް ވެސް ކަނޑައަޅާފައިވެ އެވެ.








Comments