https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

މާބަނޑު މީހަކަށް ހަމަލާދިން 2 މީހުންގެ ބަންދަށް 10 ދުވަސް

  • މާހިރު މުޙައްމަދު
  • Sep 26, 2021
  • 0 min read

އައްޑޫ ސިޓީގައި 2 މީހަކަށް ތޫނު އެއްޗަކުން ހަމަލާދިން މައްސަލައިގައި ހައްޔަރުކުރި 2 މީހުންގެ ބަންދުގެ މުއްދަތު ޖަހައިފިއެވެ.


އައްޑޫ ސިޓީގައި ހިތަދޫގައި ސައިކަލެއްގައި ދިޔަ 2 މީހަކަށް ތޫނު އެއްޗަކުން ހަމަލާދިނީ މި މަހުގެ 17 ވީ ހުކުރު ދުވަހުގައެވެ. ތޫނު އެއްޗަކުން ހަމަލާދީ ހިންގި މި މާރާމާރީގައި ޒަޚަމްކޮށްލާފައިވަނީ 27 އަހަރުގެ ފިރިހެނަކާއި، 23 އަހަރުގެ އަންހެނެކެވެ. އެ 2 މީހުންނަކީ ދެމަފިރިންނެވެ. އަންހެން މީހާއަކީ މާބަނޑުވެފައި އިން މީހެކެވެ. މި މައްސަލައާއި ގުޅިގެން ކޯޓު ޢަމުރެއްގެ ދަށުން 2 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެ ދެ މީހުންނަކީ ވެސް 27 އަހަރުގެ 2 މީހުންނެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ އެ 2 މީހުންގެ ބަންދާމެދު ގޮތެއް ނިންމަން މިއަދު ކޯޓަށް ހާޒިރު ކުރިކަމަށެވެ. އެ ގޮތުން ކޯޓުން ވަނީ 10 ދުވަހަށް އެ 2 މީހުން ބަންދުގައި ބޭތިއްބުމަށް އަމުރުކޮށްފައިކަމަށް ވެސް އޮފިޝަލް ވަނީ ވިދާޅުވެފައެވެ.

 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page