ލައިސަންސް އާކޮށްދިނުމާއި، ސައިކަލު ރަޖިސްޓްރޭޝަންގެ ޚިދުމަތް މިއަދު ލިބޭނެ- ޓްރާންސްޕޯޓު މިނިސްޓްރީ
- މާހިރު މުޙައްމަދު
- Jun 19, 2021
- 1 min read
Updated: Jun 19, 2021
ކޯވިޑާއި ގުޅިގެން މެދުކަނޑައިލައިފައިވާ ބައެއް ޚިދުމަތްތައް މިއަދުން ފެށިގެން ލިބޭނެ ކަމަށް، ޓްރާންސްޕޯޓު މިނިސްޓްރީން ހާމަކޮށްފިއެވެ.
އެ މިނިސްޓްރީން ބުނީ ލައިސަންސް އާކޮށްދިނުމުގެ ޚިދުމަތާއި، ދެ ފުރޮޅުލީ އެއްގަމު އުޅަނދުގެ ރަޖިސްޓްރޭޝަންގެ ޚިދުމަތާއި، މެރިޓައިމް ބައެއް ޚިދުމަތްތައް މިއަދުން ފެށިގެން ފޯރުކޮށްދޭން ފަށާނެ ކަމަށެވެ.
ޓްރާންސްޕޯޓު މިނިސްޓްރީން ފޯރުކޮށްދެމުން ދިޔަ ބައެއް ޚިދުމަތްތައް މެދުކަނޑައިލީ ކޯވިޑުގެ ހާލަތު ގޯސްވެ، ސަރުކާާރު އޮފީސްތައް ބަންދުކުރަން ޖެހުމުގެ ސަބަބުންނެވެ.










Comments