ލޯޔަރު ވައްޑެ، ރުކުމާ ވެސް ޕީޕީއެމްއަށް ސޮއިކުރައްވައިފި
- ޙުސައިން އަޙުމަދު

- Jul 20, 2021
- 1 min read

ތުލުސްދޫ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ވަޙީދު އިބްރާހިމް(ލޯޔަރު ވައްޑެ) އާއި، ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ޢަބްދުލްކަރީމް(ރުކުމާ) އިދިކޮޅު ޕީޕީއެމްއާއި ގުޅިވަޑައިގެންފިއެވެ.
މުޙައްމަދު ޢަބްދުލްކަރީމް މިހާތަނަށް ހުންނެވީ އެމްޑީޕީގެ މެންބަރެއްގެ ގޮތުގައެވެ. ނިމިދިޔަ ކައުންސިލު އިންތިޚާބުގައި އޭނާ ވަނީ، ޕީޕީއެމްގެ ފަރާތުން މާލޭގެ މޭޔަރުކަމަށް ވާދަކުރެއްވި ޑރ.މުޙައްމަދު މުޢިއްޒުގެ ފަހަތުގައި ހުންނަވައިގެން ގިނަ މަސައްކަތްތަކެއް ކުރައްވައިފައެވެ. ހަމައެހެންމެ ލޯޔަރު ވައްޑެ މިހާތަނަށް ހުންނެވީ ޖުމްހޫރީ ޕާޓީގައެވެ.
މި 2 ބޭފުޅުން ޕީޕީއެމްއަށް ސޮއިކުރެއްވީ އެ ޕާޓީގެ އޮފީހުގައި ރޭ ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.








Comments