https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

ލާދީނީ މީހަކާއެކު އަޅުގަނޑުމެންނަށް މަސައްކަތް ކުރެވޭކަށް ނޯންނާނެ– އަދުރޭ

  • Writer: ޙުސައިން އަޙުމަދު
    ޙުސައިން އަޙުމަދު
  • Jul 13, 2021
  • 1 min read

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އާއި ގުޅިގެން އެކުއެކީގައި މަސައްކަތް ކުރެވެން ނޯންނާނެ ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން މިވަގުތު ހިންގެވުމާއި ހަވާލުވެވަޑައިގެން ހުންނެވެ، ޕީއެންސީގެ ރައީސް އަބްދުއްރަހީމް ވިދާޅުވެއްޖެއެވެ.


އަދުރޭ މިހެން ވިދާޅުވެފައި މިވަނީ، ރައީސް ސޯލިހު އާއި ގުޅިގެން މަސައްކަތް ނުކުރެވޭނެ ކަމަށާއި، ރައީސް ޔާމީން އާއި އެކު މަސައްކަތް ކުރަން ތައްޔާރަށް ހުންނެވިކަމަށް ރައީސް ނަޝީދު ވިދާޅުވުމާއި ގުޅިގެންނެވެ.


ޕީޕީއެމް އިން ކުރަމުން އަންނަ މަސައްކަތަކީ، ރައީސް ޔާމީން މިނިވަން ކުރުމުގެ މަސައްކަތް ކަމަށާއި، ރައީސް ޔާމީން ޖަލަށްލާފައި ވަނީ މި ސަރުކާރުން ކަމަށާއި ސަރުކާރު ހިންގާ ޕާޓީއަކީ އެމްޑީޕީ ކަމަށްވާއިރު، އެ ޕާޓީގެ ރައީސް އަކީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކަމަށެވެ. އެހެން ކަމުން އެމްޑީޕީ އަދި ރައީސް ނަޝީދު އާއި އެކު ޕީޕީއެމް އިން މަސައްކަތް ނުކުރާނެ ކަމަށްް އަދުރޭ ވިދާޅުވިިިިިިއެވެ.


މީގެ އިތުރުން އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމީނަށް ނުހައްގުން އަނިޔާ ދެނީ އެމްޑީޕީއާއި އެ ޕާޓީގެ ސަރުކާރުން ކަމަށެވެ.


”އެހެންވީމާ ރައީސް ޔާމީނަށް ހެސްކިޔާފަ އަނިޔާކުރަމުން އަދި ރައީސް ޔާމީންގެ އެހީއަށް އެދުނީމަކާ އެވާހަކަ ދިމާއެއް ނުވޭ،“ އަބްދުއްރަހީމް ވިދާޅުވިއެވެ.

 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page