https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

ލާދީނީ ބިލް ފާސްވެއްޖެ ނަމަ މުޅި އިސްލާމީ ދަޢުވަތަށް ގޮންޖެހުން ކުރިމަތިވާނެ

  • Writer: Goal mv
    Goal mv
  • Jun 24, 2021
  • 1 min read

މިހާރު މިއޮތް ނަފުރަތުގެ ބިލު ފާސްވެއްޖެނަމަ، މުޅި އިސްލާމީދަޢުވަތަށް ގޮންޖެހުން ކުރިމަތިވެ، އިސްލާމްދީންވެސް ދިވެހިރާއްޖެއިން ފުހެވިގެން ހިނގައިދާނެކަމުގައި ޖަމިއްޔަތުއްސަލަފް އިން ވިދާޅުވެއްޖެއެވެ.މިހާރު މިއޮތް ނަފުރަތުގެ ބިލު ފާސްވެއްޖެނަމަ، މުޅި އިސްލާމީދަޢުވަތަށް ގޮންޖެހުން ކުރިމަތިވެ، އިސްލާމްދީންވެސް ދިވެހިރާއްޖެއިން ފުހެވިގެން ހިނގައިދާނެކަމުގައި ޖަމިއްޔަތުއްސަލަފް އިން ވިދާޅުވެއްޖެއެވެ.


އެޖަމިއްޔާ އިން މިހެން ވިދާޅުވެފައި މި ވަނީ އެޖަމިއްޔާގެ ދީނީދަޢުވާ ކޯޑިނޭޓަރ އަދި ނަފްރަތުގެ ބިލާއި ދެކޮޅު ކެމްޕޭނުގެވެސް ކޯޑިނޭޓަރ ޝެއިޚް މުޖުތަބާ ހަމީދު މިއަދު ފުލުހަށް ހާޒިރު ކުރުމާއި ގުޅިގެން އެކަމުގެ ކަންބޮޑުވުން ފާޅު ކުރުމަށް ނެރުނު ބަޔާނެއްގައެވެ. ޝެއިޚް މުޖުތަބާ ފުލުހަށް ހާޒިރުކޮށްފައި ވަނީ މި މަހުގެ 1 ވަނަ ދުވަހު އޭނާ ކުރެއްވި ޓްވީޓަކާއި ގުޅިގެންނެވެ. އެޓްވީޓްގައި މުޖުތަބާ ވިދާޅުވެފައި ވަނީ "މަޖިލީހުގެ މެމްބަރުންނޭވެ! ތިޔަބޭފުޅުންގެ ކުރިމައްޗަށް ހުށަހެޅޭ ބިލަކީ އިސްލާމްދީނާއި އެދީނުގެ ހަމަތަކަށް ގޮންޖެހުން ކުރިމަތިކުރުވާ ފަދަ ބިލެއް ނަމަ އެފަދަ ބިލަކަށް ވޯޓުދީ ތާއިދު ކުރުމަކީ ތިޔަބޭފުޅުންގެ އިސްލާމްކަން ގެއްލިގެން ހިނގައިދާނެ ކަމެއްކަން ހަނދާން ކުރައްވާށެވެ." މިފަދައިންނެވެ.


މިކަމާއި ގުޅިގެން މުޖުތަބާ ފުލުހަށް ހާޒިރު ކުރުމުން އެ ޖަމިއްޔާ އިން ވިދާޅުވީ މުޖުތަބާގެ ޓްވީޓަކީ ދީނީޢިލްމުވެރިއެއްގެ ޙައިޘިއްޔަތުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ދެއްވާފައިވާ ޢާއްމު ނަޞޭޙަތެއްކަމަށާއި، އެގޮތުން ދީނީޢިލްމުވެރިން ދައްކަވާ ވާހަކަފުޅުތަކާމެދު ނުތަނަވަސްކަމެއް އުފެދިއްޖެނަމަ، އެމީހަކާ އެންމެ ފުރަތަމަ ސުވާލުކުރަންޖެހޭ ފަރާތަކީ އިސްލާމިކް މިނިސްޓްރީ ކަމަށެވެ. އެހެންކަމުން މުޖުތަބާ ފުލުހަށް ހާޒިރުކޮށް ބަޔާން ނެގުމަކީ ކަނޑައެޅިގެން ބިރުދެއްކުމުގެ ޢަމަލެއްކަމަށް ވިދާޅުވެ. އެ ޖަމިއްޔާއިން ވަނީ މިކަން ހަރުކަށި އިބާރާތުން ކުއްވެރިކޮށް، މިކަމާ ގުޅިގެން އިންތިހާޔަށް ކަންބޮޑުވުން ފާޅު ކުރައްވާފައެވެ.


މީގެ އިތުރުން ޝައިޚް މުޖްތަބާ ޙަމީދު ދެއްވާފައިވާ ނަޞޭޙަތަކީ ޢިލްމީގޮތުން ރަނގަޅު ނަޞޭޙަތެއްކަމުގައި ވީހިނދު، ޢާއްމުކޮށް ޢިލްމުވެރިޔަކު ދެއްވާ ހެޔޮ ނަޞޭޙަތަކީ މިގައުމުގައި ކުށްވެރިވެދާފަދަ ބަސްފުޅަކަށް ވާނަމަ، މިހާރު މިއޮތް ނަފުރަތުގެ ބިލު ފާސްވެއްޖެނަމަ، މުޅި އިސްލާމީދަޢުވަތަށް ގޮންޖެހުން ކުރިމަތިވެ، އިސްލާމްދީންވެސް ދިވެހިރާއްޖެއިން ފުހެވިގެން ހިނގައިދާނެކަމީ މިހާރު ދިވެހިރައްޔިތުންނަށް ޔަޤީންވާންޖެހޭނޭ ކަމެއްކަމަށް އެޖަމިއްޔާއިން ވަނީ ވިދާޅުވެފައެވެ. ސަލަފް އިން ވިދާޅުވީ މުޖުތަބާއަށް ބިރުދެއްކުމުގެ މިޢަމަލަކީ ޤާނޫނު އަސާސީގެ 27 ވަނަ މާއްދާގެ ދަށުން ލިބިދޭ މިނިވަންކަންވެސް ނިގުޅައިގަތުންކަމުގެ ޢަމަލެއްކަމަށެވެ.


ނަފްރަތުގެ ބިލާއި ދެކޮޅަށް ރާއްޖެގެ ވަރަށް ގިނަ ކައުންސިލަތަކުންނާއި، ޖަމްޢިއްޔާތަކަކުން އަދި ވަރަށް ގިނަ ދީނީ ޢިލްމުވެރިން ވަނީ ބަޔާންނެރެ އެބިލް ފާސްނުކުރުމަށް ގޮވާލައްވާފައެވެ.

 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page