https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

ކުރިއަށް އޮތް 04 ދުވަހު މާލޭ ސަރަހައްދުން ކަރަންޓް ކެނޑޭނެ- ސްޓެލްކޯ

  • Writer: ޙުސައިން އަޙުމަދު
    ޙުސައިން އަޙުމަދު
  • Jul 17, 2021
  • 1 min read

ކުރިއަށް އޮތް 04 ދުވަހު މާލޭ ސަރަހައްދުގެ ގްރިޑް އެނާޖައިޒް މަސައްކަތްކުރިއަށްދާއިރު، ކަރަންޓް ޚިދުމަތަށް ބުރޫއަރާ ކަރަންޓު ކެނޑޭނެކަމަށް ސްޓެލްކޯއިން ބުނެފިއެވެ.


މާލެ ސަރަހައްދުގެ ގްރިޑް އެނާޖައިޒް މަސައްކަތް ކުރުމަށް ނިންމާފައިވަނީ މިއަދުން ފެށިގެން 22 ވަނަ ދުވަހުގެ ނިޔަލަށެވެ. ހަމައެހެންމެ 20 ވަނަ ދުވަހަކީ ޢީދު ދުވަސްކަމަށްވާތީ، އެ ދުވަހު މަސައްކަތް ނުކުރާނެ ކަމަށެވެ.

ސްޓެލްކޯއިން ބުނީ މިއަދު 08:00 އިން ހަވީރު 05:00 އަށް އެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށާއި، އެ ވަގުތުގައި ހުޅުމާލެއިން ކަރަންޓް ކެނޑިދާނެ ކަމަށެވެ.


ހަމައެހެންމެ އާދިއްތަ ދުވަހު ސިސްޓަމް އެނަޖައިޒްކުރުމުގެ މަސައްކަތުގައި ގްރިޑް މާލޭގެ އިންޖީނުގެެއާއި، ސިންކޮރޮނައިޒް ކުރެވިގެންދާނެ ކަމަށެވެ.


ސްޓެލްކޯއިން ހާމަކުރިގޮތުގައި ގްރޭޓާރ މާލޭ ގްރިޑްގެ ދެވަނަ ސާކިޓް އެނަޖައިޒްކުރުމަށަ ރޭވިފަައިވަނީ އަންނަ ބުދަ ދުވަހުގައެވެ. އެ ދުވަހު ހެނދުނު 08:00 އިން ހަވީރު 05:00 އާއި ދެމެދު މަސައްކަތް ކުރިއަށްދާއިރު މާލެއާއި، ހުޅުމާލެއިން ކަރަންޓު ކެނޑުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.


މި މަސައްކަތުގެ ފަހު ދުވަހު ކުރިއަށްދާނީ ހުޅުލޭގެ ސަބްސްޓޭޝަން އެނަޖައިޒް ކުރުމުގެ މަސައްކަތެވެ. އެއީ ގްރޭޓާރ މާލޭ ގްރިޑް ކަނެކްޝަން މާލެއާއި، ހުޅުމާލެ އަދި ހުޅުލޭގެ ކަރަންޓްވިއުގަ 132 ކޭވީ ގެ 07 ކިލޯމީޓަރުގެ ދެ ސާކިޓއިން ގުޅައިލެވޭ މަޝްރޫޢުއެވެ.


މި މަޝްރޫޢުގައި ހުޅުމާލެއާއި މާލޭގަައި 95 އެމްވީއޭގެ ޖުމްލަ 04 ޓްރާންސްފޯމަރާއި، ހުޅުލޭގަައި 08 އެމްވީއޭގެ 02 ޓްރާންސްފޯމަރު ވަނީ ބަހައްޓާފައެވެ. މި ކަރަންޓު ވިއުގައިން ކޮންމެ ސާކިޓަކުން 100 މެގަވޮޓްގެ ހަކަތަ ފޮނުވުމުގެ ޤާބިލުކަން ލިބޭނެކަމަށް ސްޓެލްކޯއިން ބުނެއެވެ.

 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page