ކުރީގެ ނޫޓުތަކަށް ބަދަލުދޭނެ އެންމެ ފަހު ތާރީޚް ކަނޑައަޅައިފި
- މާހިރު މުޙައްމަދު
- Jul 1, 2021
- 1 min read

ޖުލައި މަހުގެ 29 ވަނަ ދުވަހަކީ ކުރީގެ ނޫޓުތަކަށް ބަދަލުދޭނެ އެންމެ ފަހު ތާރީޚު ކަމަށް ކަނޑައަޅައިފިއެވެ.
2016 ވަނަ އަހަރުގެ އޮގަސްޓުމަހުގެ 01 އިން ފެށިގެން ލީގަލްޓެންޑާރ ނޫންކަމުގައި ކަނޑައަޅައިފައިވާ 2, 10, 20, 50, 100, 500 ރުފިޔާގެ ކަރުދާސް ނޫޓުތަކަށާއި, 2018 ވަނަ އަހަރުގެ ޖަނަަވަރީމަހުގެ 01 އިން ފެށިގެން ލީގަލްޓެންޑާރ ނޫންކަމުގައި ކަނޑައަޅައިފައިވާ 5 ރުފިޔާގެ ކަރުދާސް ނޫޓުތަކަށް ބަދަލުދެވޭނެ ފަހު ތާރީޚަކީ އަންނަ ޖުލައި 29 ކަމަށްް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ހަމަކުރެއެވެ.
2016 ވަނަ އަހަރުގެ ޖަނަވަރީ 26 ވަނަ ދުވަހު މިހާރު ބޭންކުރާ ”ރަންދިހަ ފަހެއް“ ނޫޓު ސީރީޒް ބޭނުންކުރަން ފެށުމުން ކުރީގެ ކަރުދާސް ނޫޓުތައް ބޭނުންކުރުން ހުއްޓައިލީއެވެ.








Comments