ފިރިހެން ކުއްޖަކަށް އަނިޔާކުރި މީހަަކުު ދޫކޮށްލައިފި
- މާހިރު މުޙައްމަދު
- Sep 9, 2021
- 1 min read

ށ.ޅައިމަގުގައި ފިރިހެން ކުއްޖަކަށް އަނިޔާކުރި މައްސަލައިގައި ހައްޔަރުކުރި 3 މީހުންގެ ތެރެއިން އެކަކު ދޫކޮށްލައި، ދެން ތިބި 2 މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.
ޅައިމަގުގައި ޢުމުރުން 17 އަހަރުގެ ފިރިހެން ކުއްޖެއްގެ ގައިގައި ތަޅައި އަނިޔާކުރި މައްސަލައެއް ފުލުހުންނަށް ހުށަހެޅީ އޮގަސްޓުމަހުގެ 23 ގައެވެ.
އެ މައްސަލައާއި ގުޅިގެން ޢުމުރުން 26 އަހަރުގެ ދިވެހި 2 ފިރިހެނަކާއި،31 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކުރީ އޮގަސްޓު 25 ގައެވެ.
އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ށ.ފީވަކު މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، އެ ކޯޓުން ނިންމީ 3 މީހުންގެ ބަންދަށް 15 ދުވަސް ދިނުމަށެވެ.
އިއްޔެ އެ މުއްދަތު ހަމަވުމުން އެ 3 މީހުން ކޯޓަށް ހާޒިރު ވަނީ ކޮށްފައެވެ.
އޭގެތެރެއިން 26 އަހަރުގެ އެކަކަށް ޝަރުތުކުރުމަށް ފަހު ކޯޓުން އޭނާ ދޫކޮށްލާފައިވާ ކަމަށާއި ދެން ތިބި 2 މީހުންގެ ބަންދަށް 15 ދުވަސް އިތުރުކޮށްފައިވާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.








Comments